ފުވައްމުލަކު ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި، ސްކޫލް ތަކުގެ ލިއޭޒަން އޮފިސަރުން އަދި ފުވައްމުލަކު ސިޓީ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ގެވެށި އަނިޔާ ހުއްޓުވުމާއި ގެވެށި ގުޅުމުގެ މުހިންމު ކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ފުވައްމުލަކުގައި މިއަދު ފަށައިފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނިގޮތުގައި މި ސެޝަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 03 ދަންފަޅި އަކަށް ބަހާލައިގެންނެވެ. އަދި ސެޝަންތަކުގައި މަޢުލޫމާތު ދެއްވާނީ ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުންނެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މި ސެޝަންގެ މައިގަނޑު މަގްސަދަކީ އަންހެނުންގެ ހައްޤުތަކާއި މިންތީގެ ހަމަހަމަކަން އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމެވެ.ގެ އަދި ވެށި އަނިޔާގެ މައްސަލަތަކަކީ މުޖުތަމަޢުގައި އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ބޮޑު އެއް މައްސަލަ ކަމަށް ވާއިރު، ޖުމްލަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ހައްލަކީ އަންހެނުން ބާރުވެރިކުރުވުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހިންގޭ 16 ދުވަހުގެ ހަރަކާތްތައް އެއީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25ން ފެށިގެން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ހަރުދަނާކޮށް އަދި މި ފަދަ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި އިތުރަށް ކުރެވެން ހުރި ކަންތައްތައް ދެނެގަތުމުގެ މަގްސަދުގައި ހިންގާ ކެމްޕެއިނެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *