މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިޔަށް ގެންދާ މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުގެ ދަށުން މާލޭގެ ރޯޝަނީ މަގު ތަރައްގީކޮށް ނިންމާލައިފިއެވެ.

މި މަސައްކަތް ކުރިޔަށްގެންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް މޫސާ އަލީ މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޯޝަނީ މަގު އެއްކޮށް ނިންމައި، މުޅި ސަރަހައްދަށް ރޯޝަނީކަން ގެނެސްދީފައިވާކަމަށެވެ.

ރޯޝަނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގައެވެ.

މާލެ ސްޓްރީޕް ސްކޭޕިންގ މަޝްރޫއުގެ ދަށުން 150 އަށް ވުރެ ގިނަ މަގު އިތުރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ހަދަން ފަށާފައި ވަނީ މާފަންނު ހުޅަނގު އުތުރުގެ މަގުތަކެވެ. އެގޮތުން މާފަންނު ހުޅަނގު އުތުރުގެ ގިނަ މަގުތަކެއް މިހާރު ވަނީ ހަދާ ނިމިފައެވެ.

މާލޭ ސިޓީ ސްޓްރީޓް ސްކޭޕިންގ މަޝްރޫއަކީ 462 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހަތަރު ވައްތަރެއްގެ މަގު ހެދުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހިމެނެނީ އާޓީރިއަލް ރޯޑްސް، ސިޓީ ރޯޑްސް، ސެކަންޑްރީ ރޯޑްސް އަދި ނެއިބާހުޑް ޕެޑެސްޓްރިއަން ރޯޑްސްއެވެ.

މިޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ކަރަންޓާ ފެނާއި ނަރުދަމާ އާއި ޑީވޯޓިން އާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭނެ ގޮތްތަށް ވަނީ ފަރުމާކޮށްފައެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *