ވިލިމާލޭގައި ބެޓަރީ ކާރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ވިލިމާލެ އަކީ އިންޖީނުލީ އުޅަނދު ދުއްވުން މަނާ ތަނަކަށްވާއިރު، އެތަނުގައި ކާރުގެ ބަދަލުގައި ހިދުމަތް ދިނުމަށް މިހާރު ބޭނުންކުރަނީ ބަގީއެވެ. އެހެންނަމަވެސް އެ ތަނުގައި ބެޓަރީ ކާރު ދުއްވަން ހުއްދަދޭން މާލެ ސިޓީ ކައުންސިލުން ދާދި ފަހުން ވަނީ ނިންމާފައެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލުން ބޭނުންވަނީ ވިލިމާލޭގައި ބެޓަރީ ކާރުގެ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް 24 ގަޑިއިރު ދޭނެ ބައެއް ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފާރާތްތަކުން ބީލަން ހުށަހަޅަން ހުޅުވާލާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

ސިޓީ ކައުންސިލްގެ އިއުލާނުގައި ވާގޮތުން މި ހިދުމަތް ދިނުމަށް ބީލަން ހުށަހެޅާ ފަރާތްތަކަކީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ވާން ޖެހެއެވެ.

ވިލިމާލެ އަކީ އިންޖީނުލީ އުޅަނދު ދުއްވުން މަނާ ސަރަހައްދަކަށް ވާއިރު، އެތަނުގައި އާންމުން ދުއްވަނީ ބެޓަރި ލީ އުޅަނދެވެ. އެގޮތުން އެތަނުގައި ބެޓަރި ސައިކަލާއި، ބަގީ ފަދަ އުޅަނދަކީ އާންމު ދަތުރުފަތުރަށް ބޭނުން ކުރާ އުޅަނދުތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *