ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޮނުމުގެ މަސައްކަތުގެ ތެރެއިން އިތުރު 20 ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

މިއަދު އެމްބިއުލާންސް ފޮނުވި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހދ. ކުމުންދޫ، ށ. ބިލެއްފަހި، ށ. ނަރުދޫ، ނ. ފޮއްދޫ، ނ. ކުޑަފަރީ، ބ. ކެންދޫ، އއ. މަތިވެރި، އދ. މަންދޫ، އދ. ފެންފުށި، ފ. ފީއަލި، މ.ކޮޅުފުށި، ތ. ވަންދޫ، ތ. ބުރުނީ، ތ. ދިޔަމިގިލި، ލ. ކުނަހަންދޫ، ގއ. ކޮލަމާފުށި، ގއ. ނިލަންދޫގެ އިތުރުން ގދ. ރަތަފަންދޫ އަދި އއ. ބޮޑުފޮޅުދުއާއި މ. ދިއްގަރެވެ.

އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމަށްޓަކައި މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތުން ވަނީ މިނިސްޓްރީ އޮފް ފިނޭންސާއި، އެސްޓީއޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސެއް ގެނައުމަށް ވަނީ ނިންމާފައެވެ. މި އެމްބިއުލާންސްތައް 180 ދުވަސްތެރޭގައި މިނިސްޓްރީއާ ހަވާލުކުރަންޖެހެއެވެ.

މީގެ ތެރެއިން ފުރަތަމަ ޝިޕްމަންޓުގައި ހިމެނޭ 20 އެމްބިއުލާންސް، އޮކްޓޯބަރު 30ގައި ރަށްރަށަށް ވަނީ ފޮނުވާފައެވެ. އޭރު އެމްބިއުލާންސް ފޮނުވި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހއ. އުލިގަމް، ހއ. ފިއްލަދޫ، ހދ. މަކުނުދޫ، ހދ. ނޮޅިވަރަމް، ށ. ފޯކައިދޫ، ށ. މަރޮށި، ނ. މިލަދޫ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ބ. ތުޅާދޫ، ބ. ކުޑަރިކިލު، ކ. ހުރާ، އއ. ތޮއްޑޫ އދ. ދަނގެތި، ފ. ބިލެއްދޫ، ތ. ގާދިއްފުށި، ތ. މަޑިފުށި އަދި ލ. މާމެންދޫގެ އިތުރުން ގއ. ގެމަނަފުއްޓެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް މިއަހަރުގެ ޖޫން މަހާ ހަމައަށް އެމްބިއުލާންސް ހަމަވާނެ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެފައިވީ ނަމަވެސް އެ މަސައްކަތް ވަނީ އެހާތަނަށް ނިމޭގޮތް ނުވެފައެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *