އުތުރުގެ ކަނޑޫފާތައް އަލުން އިޔާދަކުރުމުގެ މަސައްކަތުގެ ދިރާސާއަށް އިންޑިއާގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

ސީ.ޔޫ.އެސް.އޭ.ޓީގެ ހަތަރު މެމްބަރުންގެ ޓީމެއް ރާއްޖެއަށް ޒިޔާރާތްކުރެއްވީ އެންވަޔަރަމެންޓް މިނިސްޓްރީއާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) އާއި ގުޅިގެން ރާއްޖޭގެ އުތުރުގައި ހިންގާ މެންގްރޫވް ޑައިއޮފް ފީލްޑް ދިރާސާ އަށެވެ. މިޓީމު ރާއްޖެއަށް ޒިޔާރާތްކުރެއްވީ މި މަހުގެ 5 ވަނަ ދުވަހުން 10 ވަނަ ދުވަހަށެވެ.

މިނިސްޓްރީން ބުނިގޮތުގައި މިއީ ނިކަމެތިވެ ހަލާކުވެފައިވާ ކަނޑޫފާތައް، ދުޅަހެޔޮ އަދި އުފެއްދުންތެރި
ޗަކަ ބިންތަކަށް އަލުން އަނބުރާ އިއާދަކުރުމުގެ މަގްސަދުގައި ހަދާ ދިރާސާއެއް ކަމަށެވެ.

އަދި މިއަދުން ފެށިގެން ރާއްޖޭގެ އުތުރުގެ 8 ރަށެއްގައި އިންޑިއާގެ ޓީމާއި އީޕީއޭގެ ޓީމުން ހަރަކާތްތެރިވާނެ ކަމަށެވެ. އެ ރަށްތަކަކީ ކެލާ، ކުޅުދުއްފުށި، ކޭލަކުނު، ވައިކަރަދޫ، ނޭކުރެންދޫ ގޮއިދޫ އަދި ފޭދޫއާއި ކެނދިކުޅުދޫ އެވެ. އެރަށްރަށުގައި ތިމާވެށީގެ މިންގަނޑުތައް މިނެކިރުމަށް ބޭނުންވާ ގަސްގަހާގެހި، ސޫފާސޫފީގެ އަދި ސެޑިމެންޓްސްގެ ސާމްޕަލް ނެގުމުގެ މަސައްކަތް އެ ޓީމުތަކުން ކުރާނެއެވެ.

މީގެއިތުރުން، ހުކުރު ދުވަހު މި ޓީމުތައް މާލެ އަންނާނެކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެއަށްފަހު، ސީ.ޔޫ.އެސް.އޭ.ޓީ.ގެ ޓީމުގެ ލީޑަރ ޕްރޮފެސަރ ބިޖޯއީ ނަންދާނީ، ގައުމީ ޔުނިވަރސިޓީއާ ގުޅިގެން ތަގުރީރެއް ދެއްވާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *