އިސްލާމިކް މިނިސްޓްރީ

ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، މާލެ ސިޓީން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން، މި ދަފްތަރުގައި އަލަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 12:30 އަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ރެޖިސްޓްރީވުމަށް އެދި ހުށަހަލާ ފޯނު ވެބްސައިޓުންނާއި މިނިސްޓްރީގެ ކައުންޓަރުން ފޯމް ލިބެން ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. މި ފޯމުތައް ބަލައިގަންނާނީ މިކަމަށް ޚާއްސަކުރެވޭ ކައުންޓަރުތަކުން ކަމަށް ވެސް ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކަކީ މި ވަގުތު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ވާތީ އަލުން ރެޖިސްޓްރީ ވާން ނުޖެހޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *