ކުރީ ސަރުކާރުން ހިންގި ހަޑި މުޑުދާރު ޖަރީމާއާއި ހަވާލުވެ، އެކަންކަން ހައްލު ކުރާނީ މި ސަރުކާރުން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ބިދޭސީންގެ މައްސަލައާއި ގުޅިގެން ނޫސްވެރިޔަކު ޓުވީޓަކަށް ރައްދުދެއްވަމުންނެވެ. ފައްޔާޒް ވިދާޅުވީ 2014 އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމަޔަށް އެ ސަރުކާރުން ހިންގި ހަޑި މުޑުދާރު ޖަރީމާއާއި ހަވާލުވެ، އެކަން ހައްލު ކުރާނީ މި ސަރުކާރުން ކަމަށެވެ. އަދި އެ ޓުވީޓު ކުރި ވީޑިއޯގައި ފެންނަ ބިދޭސީ މީހާއާއި ގުޅޭނެ ނަމްބަރެއް ފޮނުވައިދިނުމަށް ވެސް އެދިވަޑައިގަތެވެ.
ވަރައް ބޮޑަށް ޝުކުރިއްޔާ. ޝައްކެއްވެސްނެތް އެހީތެރިކަން ފޯރުކޮއްދޭނެ. 2014-2018 ހާވާފައޮތް ހަޑި މުޑުދާރު މި ޖަރީމާއާ ހަވާލުވެ އިރާދަކުރެއްވިއްޔާ ހައްލުކުރާނީ މި ސަރުކާރު. ތިޔަފަދަ ކޮންމެ އެހީތެރިކަމެއް އުފަލާ އެކު ބަލައިގަންނާނަން. އެ ފަރާތާގުޅޭނެ ނަމްބަރު ފޮނުވާލަދެއްވުން އެދެން https://t.co/moKs1G24SY
— Fayyaz Ismail (@faya_i) December 6, 2021
ކޮވިޑް-19 އާއި ގުޅިގެން އެންމެ ހާލުގައި ޖެހުނު އެއް ބަޔަކީ ބިދޭސީންނެވެ. ގިނަ ބައެއް ވަޒީފާ ގެއްލި، އަނެއް ބައި މީހުންނަށް މުސާރަ ނުދޭ މައްސަލަ ވަރަށް ބޮޑަށް އިތުރުވެގެންދިޔައެވެ
ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ދަނީ 2019 ވަނަ އަހަރުން ފެށިގެން ޕްރޮގްރާމެއް ހިންގަމުންނެވެ. އެގޮތުން ފައްޔާޒް މީގެކުރިން ހާމަކުރެއްވި މައުލޫމާތުތަކުން އެނގޭ ގޮތުގައި ދޮޅު އަހަރުތެރޭގައި ރާއްޖެއިން 24،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވެއެވެ.