އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް -- ފޮޓޯ: ސަން

ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑުގައި މަރުވީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި އޭނާ މަރުވީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ރޭ 9:30 ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 255 ވަނަ މީހާއެވެ.

ނިމިދިޔަ އޮކްޓޯބަރުމަހު ކޮވިޑްގައި 12 މީހަކު މަރުވެފައިވާއިރު، ނޮވެމްބަރު މަހު ކޮވިޑުގައި މަރުވީ 7 މީހެކެވެ. އަދި މި ހިނގާ ޑިސެމްބަރު މަހު ވެސް 4 މީހަކު މަރުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *