ލަންކާގައި މޯޓަރ ޝެލްއެއް ކަފަން އުޅުނު ޒުވާނަކު ޒަހަމްވެ، މަރުވެއްޖެއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ލަންކާގެ ޕްރަންތަން ސަރަހައްދުގައި ހިނގި މި ހާދިސާގައި މަރުވީ އުމުރުން 25 އަހަރުގެ ޒުވާނެކެވެ. އޭނާއަށް އަނިޔާވެފައި ވަނީ ކަރަންޓު ގްރައިންޑަރެއް ބޭނުންކޮށްގެން މޯޓަރ ޝެލްއެއް ކަފަން އުޅުމުގެ ތެރޭގައެވެ.

މި ހާދިސާ ހިނގާފައި ވަނީ ގިނަ ބަޔަކު ދިރިނޫޅޭ ހިސާބެއްގައި ހުރި ޒުވާނާގެ ގޭގައި ކަމަށް ނޫސްތަކުން ރިޕޯޓް ކުރެއެވެ. އެގެއިން ފުލުހުން ވަނީ އިތުރު މޯޓަރ ޝެލްތައް ހޯދާފައެވެ. އެ ތަކެތި އެގެއަށް ގެންގޮސްފައި ވަނީ ގްރައިންޑަރުން ކެފުމަށް ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި މަރުވި މީހާގެ 13 އަހަރުގެ ކޮއްކޮވެސް ވަނީ ޒަހަމްވެފައެވެ. އޭނާއަށް މިހާރު ގެންދަނީ ކިލިނޮއްޗީ ހޮސްޕިޓަލުގަިއ ފަރުވާ ދެމުންނެވެ.

މޯޓަރަކީ ހަނގުރާމަތަކުގައި ބޭނުންކުރާ ހަތިޔާރެކެވެ. ޝެލްއަކީ މޯޓަރު ބޭނުންކޮށްގެން ދުރަށް ފޮނުވާލާ ބޮމެވެ.

0
0
0
0
2

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *