މާލެ ނޯތު ހާބަރު ސަރަހައްދު -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

މިއަދު އިތުރު 116 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައިވާ މައުލޫމަތުތަކުން ދައްކާގޮތުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އިން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގައި 4،179 ސާމްޕަލް ޓެސްޓުކޮށްފައި ވެއެވެ. އޭގެ ތެރެއިން 116 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ގިނައީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންނެވެ.

ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:

  • ގްރޭޓާ މާލެ ސަރަހައްދުން - 25 ކޭސް
  • އަތޮޅުތެރެއިން - 81 ކޭސް
  • ރިސޯޓުތަކުން - 6 ކޭސް
  • ސަފާރި/ކަނޑުއުޅަނދުތަކުން - 4 ކޭސް

މިއަދު ކޮވިޑަށް ޓެސްޓު ކުރި 4،179 މީހުންގެ ތެރެއިން 1،135 މީހުންނަކީ މާލެ ސަރަހައްދުން ޓެސްޓު ކުރި މީހުންނެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި މިވަނީ ޓެސްޓު ކުރި މީހުން 2 ޕަސަންޓް މީހުންނެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 1,739 އަށް ދަށްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަނީ 19 މީހަކަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 92،211 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 90،205 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި 254 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *