ސުޕްރީމް ކޯޓުން މިނިވަން ކުރުމުން، މިހާރު ކުރީގެ ރައީސް އަބްދުﷲ ޔާމީން މައްޗަށް ހުކުމް ކުރަނީ ނޫސްތަކުންކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމިން މިފަދައިން ވިދާޅުވީ ކާނިވާ ސަރަހަށްދުގައި ޕީޕީއެމްއިން މިހާރު ކުރިޔަށް ގެންދާ ޖަލްސާގައި ވާކަހަދައްކަވަމުންނެވެ. ރައީސް ޔާމިން ވިދާޅުވީ ލީޑަރުންގެ ސިފައަކަށް ވާަންވާނީ ހުކުމެއް ކުރާއިރަށް އަނބުރާަގަނެގެން ވެއްޓުމެއް ނޫންކަމަށެވެ.
ނޫހެއްގައި ލިޔެފައިވާ ހަބަރަކަށް އަލިއަޅުއްވާލާ ރައީސް ޔާމިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުން ސަލާމަތްވުމުން އެމަމިކުފާނަށް މިހާރު ހުކުމްކުރަނީ ނޫސްތަކުންކަމަށެވެ. އަދި ވިދާޅުވީ އޮންލައިން ނޫސްތައް ފިޔަވައި އެހެން ހުރިހާ ނޫސްތަކާއި ޚަބަރުފަތުރާ ވަސީލަތްތައް ހުރީ ސަރުކާރުގެ ޖީބުގައިކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ކޮންމެ ވާހަކައެއްވެސް ލިޔަން ނޫސްވެރިންނަށް ޖާގަދިންކަމަށް ވިދާޅުވެ ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގައި މިހާރު މިނިވަން ނޫސްވެރިކަމެއް ނެތްކަމަށެވެ.
"ދެން މިތާގަ ތިބި ހުރިހާ ނޫސްވެރިން އެތިބީ އެިންޑިއާގެ އެމްބަސީން އެފޮނުވާ ލާރިިކޮޅު ނަގައިގެން. ނޫސްވެރިކަމުގެ މިނިވަންކަމެއް މިތާކު ނެތް."
ކުރީގެ ރައީސް އަބްދުﷲ ޔާމީން
އެމަނިކުފާނަށް އިއްވީ ރަނގަޅު ހުކުމެއް ނޫންކަމަށް ވިދާޅުވެ ރައީސް ޔާމިން ވަނީ ކޯޓުގައި ހިނގައިދިޔަ ބައެއް ކަންކަން ހިއްސާކުރައްވާފައެވެ.
އެގޮތުން ހެއްކިބަސްދޭން ކޯޓަށް ވެއްދި ބައެއް ބޭފުޅުންގެ އަނގަ އޮޅުންކަމާއި އެމީހުން ހިތްބިރުގަނެފައި ތިބިކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އެހެންވީމަ، އޭނަ ދުލުހުން ކޮންމެ އެއްޗެއް ބުންޏަސް އެދައްކަނީ ރަނގަޅު ވާހަކައެއް ނޫންކަން ފަނޑިޔާރުންނަށް ހަމަ ރަނގަޅަށް އެނގޭނަކަމަށެވެ.
"ފަނޑިޔާރުން އަދުލަށް އިންސާފުކުރައްވަނީ ހަމައެކަނި ލިޔެފައި އޮންނަ ގާނޫނަކުންނެއް ނޫން. ސަބަބުވެރި ސިކުނޑިއަކަށް ގަބޫލުކުރެއްވޭތޯ މިދައްކާ ވާހަކަ. މިއީ ހަމަ ފަނޑިޔާރުންގެ ބަހުރުވައިގައި ހުންނަ ވާހަކަތައް. މީހާގެ މައްސަލައިގައި ވަށައިގެންވާ ކަންކަން ނުބަލައި ކިހިނެއްތޯ މިމީހުން ހުކުމް މިކުރަނީ؟. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެކަމް އެ ހުކުމްވެސް އެބަ ކުރައްވާ. "