ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާ ވަޒީފާ އަދާކުރާ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރީ ނޫން ކަމަށާއި، ރިޑަންޑަންސީ އުސޫލުގެ ދަށުން 3 މަހުގެ ނޯޓިސްއެއް ދިނީ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިން އަތޮޅުތެރޭގެ އަމާން  ވެށިތަކަށް ބަދަލުކުރުމާ ގުޅިގެން ހިޔާގައި މަސައްކަތް ކުރި 21 މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެކަމުގައި މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެ މުވައްޒަފުން ބުނިގޮތުގައި އެމީހުން ވަޒީފައިން ވަކިކުރީ ނޯޓިސް ވެސް ނުދީއެވެ. އެކަމަކު ޖެންޑަރ މިނިސްޓްރީން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ގައި ތިބި ކުދިން އަމާން ވެށިތަކަށް ބަދަލުކުރާތީ މުވައްޒަފުންގެ މަސައްކަތައް އަންނާނެ ބަދަލުތައް މި އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު މިނިސްޓްރީގެ ފަރާތުން މުވައްޒަފުންނާ ބަދަލުކޮށް އަންގާފައިވާ ކަމަށެވެ. އަދި 13 ވަނަ ދުވަހު ރަސްމީ ލިޔެކިޔުމުން އެ ތަފްސީލްތައްދީ ސިވިލް ސާވިސް ގަވާއިދުގެ ދަށުން ސިވިލް ސާވިސްގެ އެހެން ވަޒީފާތަކަށް ބަދަލުވުމުގެ ފުރުސަތުވެސް ހުޅުވާލި ކަމަށެވެ.

މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާތަކުގެ ހުސްކޮށް ހުރި 24 މަގާމަކަށް ކުޑަކުދިންގެ ހިޔާގައި އިންޓަަރނަލް އިއުލާނެއް ކުރެވުނު

އެ މިނިސްޓްރީން ބުނީ ހުޅުވާލި މަގާމުތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މިނިސްޓްރީގެ އެހެން ދާއިރާތަކުން 16 މީހަކަށް އަދި ސިވިލް ސާވިސްގެ އެހެން މަސައްކަތްތަކަށް 7 މުވައްޒަފަކަށް ފުރުސަތު ލިބުނު ކަމަށެވެ. އަމިއްލަ އަށް އެދިގެން 7 މީހަކު ވަޒީފާއިން ކެނޑުނު ކަމަށާއި، ބާކީ ތިބީ 41 މުވައްޒަފުން ކަމަށް ބުންޏެވެ.

މީގެ އިތުރަށް ކުޑަކުދިންގެ ހިޔާ ހިންގި އިމާރާތުގައި ވަގުތީ ހިޔާއެއް ހެދުމުގެ ހުއްދަ މެއި މަހު ލިބުމާއި އެކު އެ ހިޔާގައި ހިދުމަތް ދިނުމަށް ބޭނުންވާ 21 މުވައްޒަފުންގެ ލިސްޓު ފައިންލްކޮށް ސިވިލް ސާވިސް ކޮމިޝަނުން ފޮނުވީ ޖުލައި މަހު ކަމަށް ވެސް ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ ދެން ބާކީ ވި 20 މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކުކުރީ ނޫން ކަމަށާއި، ސިވިލް ސާވިސްގެ ރިޑަންޑަންސީ އުސޫލުގެ ތެރެއިން 3 މަހުގެ ނޯޓިސް ދިނީ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.