ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަތުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

2023 ވަނަ އަހަރު ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުމަށް އެދިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާސްކް ސްޕީކަރ ޕްރޮގްރާމްގައި އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެއްވުމާއި ގުޅިގެން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ އެކަން ކަނޑައަޅާނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކަމަށެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ ޕާޓީތަކުގެ އެތެރޭގެ ހިންގުން ޑިމޮކްރެޓިކް ގޮތަކަށް ހިންގުމަކީ ބޭނުން ތެރި ކަމެއް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ޓިކެޓު ދޭ ފަރާތެއް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީއެއް އޮންނާނެ. އެ ޕްރައިމަރީއިން ކަނޑައެޅިގެންދާނެ އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ މަގާމަށް ވާދަކުރައްވާނެ ބޭފުޅެއް

އެހެން ނަމަވެސް، 2023 ގައި ރިޔާސީ ނިޒާމެއް އޮތުމަކީ އެދޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު ހަގީގަތުގައި ދެކި މިހުންނަނީ ވެރިކަމުގެ ނިޒާމު 2023 ގެ ކުރިއަށް، އިތުރަށް ރިޔާސީ ނިޒާމެއްގެ ގޮތުގައި ނުދާނެ ކަމަށް.

ރައީސް ނަޝީދު އެދިވަޑައިގަންނަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށެވެ. މިކަމާއި ގުޅޭގޮތުން އެމަނިކުފާނު ވަނީ ރަސްމީކޮށް ރައީސް ސޯލިހާ ވެސް ބައްދަލުކުރައްވާފައެވެ. އަދި ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމާއި ވެސް ބައްދަލުކުރެއްވިއިރު، އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕާއި އެކު ވެސް މި މަޝްވަރާތައް ކުރައްވާފައިވެއެވެ.ބަރުލަމާނީ ނިޒާމެއް ގެނައުމަށްޓަކާ ނިޒާމީ ވޯޓަކަށް ދިއުމަށް އެދި ޕެޓިޝަނެއް ހުށަހެޅުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.

1
1
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.