ފޮޓޯ: ޕީއެސްއެމް ނިއުސް

އިދިކޮޅު ކޯލިޝަންގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް، އެމަނިކުފާނު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމް މިނިވަންވަމުންދާ ކަމުގެ ހެއްކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މިހެން ވިދާޅުވީ އާސްކް ސްޕީކަރ ޕްރޮގްރާމްގައި ކުރީގެ ރައީސް ޔާމީން މިނިވަންކުރަން މިއަދު ސުޕްރީމް ކޯޓުން ނިންމި ހުކުމާއި ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ހުކުމް ބާތިލުކޮށް، ރައީސް ޔާމީން މިނިވަންކޮށްފި!

މި ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ މިއީ ރާއްޖޭގެ ކޯޓަކުން ކުރީގެ ރައީސަކު (ވެރިކަމުގައި ނެތް އިރެއްގައި) މިނިވަންކުރުމަށް ނިންމި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި ހުކުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމް މިނިވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި ޝަރުއީ ނިޒާމް މިނިވަންވަމުން އަންނަ ތަން އަޅުގަނޑުމެންނަށް މި ފެންނަމުން މިދަނީ. ދެން މީގެ ނުކުންނަ ނަތީޖާއެއްގެ ސަބަބުން އެއީ މިނިވަން ވެގެންދަނީ ކޮން ބޭފުޅެއްތޯ އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން އެއީ އެބޭފުޅުން އެންމެ އެދޭ ގޮތަށް ނުވެދާނެ. އަދި އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ވަރަށް އެދޭ ގޮތަކަށް ވެދާނެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ޝަރީއަތެއް ރަނގަޅަށް ހިންގުމަކީ، މުޅި ގައުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހު ވެގެން އައުމަކީ ދިވެހިން އުފާވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.