ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް ރަނަގޅު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ "އާސްކް ސްޕީކާ"ގެ 4 ވަނަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ނިމިދިޔަ ދައުރުގައި 20 ބިލެއްގެ މަސައްކަތް ނިމިފައިވާ ކަަމަށެވެ. އިތުރު ބިލްތަކުގެ މަސައްކަތް ހުރިކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތް ހިނގަނީ ރަނގަޅަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ކަށަވަރު، އިތުރަށް ރަނގަޅު ކުރަން ހުރި މަސައްކަތް ބައިވަރު. އެހެން ނަމަވެސް ގާނޫނު ހެދުމުގެ މަސައްކަތް ވެސް އަދި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ވެސް އަޅުގަނޑު ދެކެނީ ރަނގަޅަށް ހިނގަމުންދާ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މިއަަހަރުގެ ތިން ވަނަ ދައުރުގައި 20 ބިލެއްގެ މަސައްކަތް ނިންމުމަށް ފަހު މަޖިލިސް މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވީ އިއްޔެއެވެ. ޗުއްޓީ އަށް ފަހު ދެން މަޖިލިސް ފެށުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދައުރުގެ އެންމެ ފަހު ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ދައުރުގައި 44 ޖަލްސާއެއްގައި 112 ގަޑި އިރު މެމްބަރުން ހޭދަކުރެއްވި އިރު 320 ކޮމިޓީ ބައްދަލުވުން ބާއްވައިފައިވާ ކޮމިޓީތަކުގައި 331 ގަޑި އިރު ހޭދަކުރެއްވި ކަމަށެވެ.

މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން 20 ބިލެއް ފާސްކޮށްފައިވާއިރު، 41 ބިލުގެ މަސައްކަތް އޮތެވެ. އެއީ މިދިޔަ ދައުރުން ނުނިި އޮތް 9 ބިލާއި މި ދައުރުގެ 7 ބިލެވެ. އޭގެ ތެރޭގައި ސަރުކާރުން ހުށަހެޅި 7 ބިލުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި ރިޔާސަތުން ހުށަހެޅި 8 މައްސަލައިގެ ތެރެއިން ނިމުނީ 3 މައްސަލައެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި ޖުމްލަ 95 މަސައްކަތް މަޖިލީހުގެ މި ދައުރުންކޮށްފައިވާއިރު، އޭގެތެރެއިން 65.5 ޕަސަންޓް މަސައްކަތް ވަނީ ނިންމިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.