ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު -- ޖަޒީރާ ފޮޓޯ: އަހުމަދު ޝުރާއު

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ބަންދުގައި ބަހައްޓައިގެން ޝަރީއަތަށް ހާޒިރުކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.

މިދިޔަ ފެބްރުއަރީ މަހު 9 ވަނަ ދުވަހު، ޖިންސީގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުގެ އަމުރާއި އެކު އޭނާ ވަނީ އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފައެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ، 4 މަސްދުވަހަށް އަޑުބަރޭ ޖާމިނުވެގެންނެވެ.

ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ، 2 މަސް ދުވަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް އޭނާގެ މައްޗަށް އިއްވާފައެވެ. އެ ހުކުމް ތަންފީޒު ކުރުމަށް އޭނާ ރާއްޖެ ގެނެސްދިނުމަށް ކަރެކްޝަނުން ވަނީ ފުލުހުންގެ ކިބައިން އެދިފައެވެ. މި މައްސަލައިގައި ފުލުހުންގެ ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ އަލީ ވަހީދު ރާއްޖެ ގެނެވޭނީ އިނގިރޭސިވިލާތުން އޭނާ ޑީޕޯޓްކޮށްލުމުން ކަމަށެވެ

އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ނިންމެވީ ތިން ދުވަހުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރު ނުވެއްޖެނަމަ، އަޑުބަރޭއަށް ފިޔަވަޅު އެޅުމަށެވެ. އަދި މިފަދަ ފިޔަވަޅެއް އެޅުމުގެ ބޭނުމަކީ މުޖުތަމައުގެ މަސްލަހަތާއި ގާނޫނީ ވެރިކަން ނެގެހެއްޓުމަށްޓަކައި ޝަރުއީ ކޯޓުތަކުގެ އިތުބާރާ ގަދަރު ހިފެހެއްޓުމަށް ކަމަށް ގާޒީ ވިދާޅުވިއެވެ. އެދުވަހު ގާޒީ ވިދާޅުވީ އަލީ ވަހީދު ދެން ޝަރީއަތަށް ހާޒިރުކުރެވޭނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގެން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *