ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ހާޒިރުކުރުމަށްފަހު އަނބުރާ ގެންދަނީ -- ޖަޒީރާ ފޮޓޯ: އަހުމަދު ޝުރާއު

މިއަދު ސުޕްރީމް ކޯޓުގެ ހުކުމާއި އެކު މިނިވަންވެވަޑައިގަތް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ ޚިދުމަތުން އެދުނީ ޝަރީއަތުގައި ހުރި މައްސަލަތަކަކާއި ގުޅިގެން އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ނެރެދިނުމަށް ކަމަށެވެ. އަދި މިކަމާއި ގުޅިގެން 7 ދުވަހުގެ އަމުރެއް ނެރެފައިވާ ކަމަށެވެ.

ގއ. ވޮޑަމުއްލާ ކުއްޔަށް ދިނުމުގައި މަނީ ލޯންޑާރ ކުރި ކަމުގެ ތުހުމަތާއެކު ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ 2019، ފެބްރުއަރީ 13 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން އެ މައްސަލައިގެ ޝަރީއަތްތައް ބޭއްވުމަށްފަހު 2019، ނޮވެމްބަރު 28 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާ، 5 އަހަރަށް ޖަލަށްލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކުރިއެވެ.

އެ މައްސަލަ 2019، ޑިސެމްބަރު 18ގައި ހައި ކޯޓުގައި އިސްތިނާފުކޮށް، އެ ކޯޓުގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށްފަހު 2021، ޖެނުއަރީ 21ގައި ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއިދުކޮށްފައެވެ. ނަމަވެސް މި މައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިއަދު ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ހުކުމްކޮށްފައެވެ.

ސުޕްރީމް ކޯޓުން ބާތިލު ކުރި މައްސަލައިގެ އިތުރުން، ރައީސް ޔާމީންގެ މައްޗަށް ވަނީ ރ. ފުއްގިރިއަދި ވ. އާރަށު މައްސަލާގައި މަނީ ލޯންޑަރިންގެ ދެ ދައުވާ އެއް، އުފުލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.