ފޮޓޯ: އެމްޑަބްލިއުއެސްސީ

ހިޔާ ފުލެޓްތަކުގެ ފެން ބިލާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް، އެ ސަރަހައްދުގައި ފެން ކުންފުނިން ހެލްޕް ޑެސްކެއް ގާއިމުކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި ހެލްޕު ޑެސްކު ގާއިމުކުރެވުނީ  ހިޔާ ފުލެޓް ޓަވަރ 13 ގައި ކަމަށެވެ. އެ ކުންފުނިން ބުނީ މި ހެލްޕް ޑެސްކު މެދުވެރިކޮށް ޑިސެމްބަރު 4 ވަނަ ދުވަހާ ހަމަޔަށް މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އެގޮތުން، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު މެންދުރު 13:00 އިން ހަވީރު 17:00 އަށް މި ހެލްޕު ޑެސްކު ހުންނާނީ ހުޅުވާފައެވެ.

ހެލްޕު ޑެސްކު މެދުވެރިކޮށް ހޯދޭނެ މައުލޫމާތު
  • ފުލެޓްތަކުގެ ފެން މީޓަރު ރަޖިސްޓަރ ކުރުން

- ފުލެޓްގެ ފެން މީޓަރު ރަޖިސްޓްރީ ކުރަން ވެރިފަރާތުގެ އައި.ޑީ ކާޑާއި އަދި ހިޔާ ފުލެޓް އެގްރީމަންޓްގެ ޞަފްޙާ 29 ގެނައުމުން ފެން މީޓަރު ރަޖިސްޓްރީ ކޮށްދޭނެ

  • މަސް މަހަށް ބަހާލައިގެން ފައިސާ ދެއްކޭ ސްކީމަށް އެދެވޭނެ
  • އެޕާޓްމަންޓުތަކުގައި ފެން ލީކެއް އުޅޭކަން ދެނެގަންނާނެ ގޮތްތަކުގެ މައުލޫމާތު
  • ފެން ލީކެއް އުޅޭކަން ފާހަގަ ކުރެވޭނަމަ ދެން ކަންތައްކުރަންވީ ގޮތުގެ މަޢުލޫމަތު

މީގެއިތުރުން 7962395 އަށް ގުޅުމުން، ނުވަތަ ވައިބަރ މެދުވެރިކޮށް މެސެޖް ކޮށްލުމުންވެސް މަޢުލޫމާތު މި  ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ

އެމްޑަބްލިއުއެސްސީން ބުނީ މިފަދަ ޑެސްކެއް ގާއިިމު ކުރުމުގެ މަގުސަދަކީ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަ ކަމާއެކު ފެން މީޓަރު ރަޖިސްޓަރ ކުރުމުގެ ފުރުސަތު ދިނުމާއި، އެފަރާތްތަކަށް ވީހާވެސް ގާތުން ފެން ބިލާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށް ދިނުން ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ފެންބިލާއި ގުޅޭގޮތުން ދިމާވާ މައްސަލަތައް ހިޔާ ފުލެޓްތަކުގެ ކަސްޓަމަރުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް އަވަސް މުސްތަގްބަލެއްގައި މިކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.