ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖަރުމަނަށް ފުރާ ވަޑައިގެންނެވުމަށްޓަކައި އެއާޕޯޓަށް ވަޑައިގަންނަވަން ތާއްޔަރުވެފައި ވާއިރު ސަލާމަތީ ބާރުތަކުން ދަނީ އެމަނިކުފާނު ޓްރާންސްފާ ކުރާ ރޫޓްގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ؛ ފުލުހުން މަގުމަތީގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ -- ފޮޓޯ: ޖަޒީރާ

މާލެ ތެރެ ޕެޓްރޯލްކުރަން މާލެ ސިޓީ ކައުންސިލްގެ ހަރަދުގައި ހާއްސަ ފުލުހުންތަކެއް ބައިތިއްބަން ނިންމާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މާލެ ތެރޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވާނެ ހާއްސަ ފުލުހުން ބައިތިއްވަން ފުލުހުންގެ މުއައްސަސާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެކަމަކީ މާލެ ސިޓީ ކައުންސިލްގެ ހަރަދުގައި ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.

އެގޮތުން އެކަމަށް ހާއްސަކުރާ ފުލުހުންގެ މުސާރައާއި، އެހެނިހެން ހަރަދުތައް ވެސް ކުރާނީ ކައުންސިލުން ކަމަށާއި، އެ ފައިސާއާ ގުޅޭ މަޝްވަރާތައް ފުލުހުންނާ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މި ހިދުމަތް ދޭނީ މާލެ ހަ ސަރަހައްދަކަށް ބަހާލައިގެން ކަމަށާއި، ކޮންމެ ޒޯނަކަށް ބޭނުންވާނީ ކިތައް ފުލުހުންތޯވެސް ފުލުހުންގެ މަޝްވަރާއާ އެކު ބަލަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ މާލޭގައި ދިމާވާ އިޖުތިމާއީ މައްސަލަތަކަށް ހައްލެއް ގެނައުމަށް ފަށާ މަސައްކަތެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި އެ މަސައްކަތް ފެށާނެ ކަމަށް ވެސް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *