ޖަޒީރާ ގްރެފިކްސް: އިބްރާހީމް އިފާޒް

ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތާއި މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތާއި މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަމެއް ނެތްކަން ކަށަވަރުކުރުމަށްޓަކައި، އެ އެއްބަސްވުންތަކުގެ އަސްލު ހޯދައި ދިރާސާކޮށް ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ ކަންކަން ހުރިތޯ ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއެވެ. އޭނާ ހުށަހެޅުއްވީ އުތުރު ތިލަފަޅު ތަރައްގީ ކުރުމާބެހޭ އެއްބަސްވުމާއި، ހައިޑްރޮގްރަފީ އާބެހޭ އެއްބަސްވުމާއި އަދި ޑޯނިއަރ މަތިންދާ ބޯޓާބެހޭ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދެއް ކަމެއް އޮތްތޯ މަޖިލީހުން ކަށަވަރުކުރުމަށެވެ.

މި މައްސަލަގައި ކަމާ ބެހޭ ފަރާތްތަކާއި އެކު މަޝްވަރާކޮށް، އަދި ހޯދުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ އެ އެއްބަސްވުންތަކުގެ ސަބަބުން މި އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަމެއް ނެތްކަމަށެވެ. އަދި މި އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމައަށް ތަންފީޒުވެގެން ދިއުމަކީ ރައްޔިތުންނަށާއި ގައުމަށް ނުހަނު ފައިދާވެގެންދާނެ ކަމެއް ކަމަށް ވެސް ވެއެވެ.

މި ރިޕޯޓު ފާސްވީ 53 މެމްބަރުންގެ ވޯޓާއި އެކުއެވެ. 6 މެމްބަރަކު ރިޕޯޓު ފާސްކުރުމާއި ދެކޮޅަށް ވޯޓު ދެއްވިއެވެ.

ކޮމިޓީގެ ހުށަހެޅުން

  • ދެ ޤައުމުގެ މެދުގައި ވެފައިވާ އިސްވެދެންނެވުނު އެއްބަސްވުންތަކުގައި ބަޔާންކުރާ ކަންކަން ހާސިލްކުރެވޭ މިންވަރު ކަށަވަރުކުރުމާއި، ދެ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދާކަން ކަށަވަރުކުރުމަކީ މުހިންމުކަމެއްކަމަށް ފެންނާތީ، އެއްބަސްވުންތަކުގައި ބަޔާންކުރާކަންކަން ހާސިލްކުރެވޭ މިންވަރު ޑިފެންސް މިނިސްޓްރީން މަޖިލީހުގެ 241 ކޮމިޓީއާއި ހިއްސާކުރަމުން ގެންދިއުން.

ކޮމިޓީ ރިޕޯޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާހެއް ނުވި!

މި ރިޕޯޓަށް އާދަމް ޝަރީފް ވަނީ 13 އިސްލާހެއް ހުށަހަޅުއްވާފައެވެ. އާދަމް ޝަރީފް ހުށަހެޅުއްވީ ކޮމިޓީ ރިޕޯޓުގެ ހޯދުންތަކުގެ ބައެއް ނަމްބަރުތަކަށް އިސްލާހު ގެނައުމަށެވެ. އޭނާ ހުށަހެޅުއްވި އިސްލާހުތަކަކީ އިދިކޮޅުން އެއްބަސްވުންތަކާއި ގުޅިގެން ދައްކަމުންދާ ވާހަކަތަކާއި އެއްގޮތްވާ އިސްލާހުތަކެކެވެ.

މިއިން އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *