ފައިލް ފޮޓޯ | މަގެއް ބަންދުކޮށް، ފުލުހުން ހަރަކާތްތެރިވަނީ

ޓެރަރިޒަމްގެ ކުށުގައި ބަންދުކުރާ މީހުން ކޯޓު އަމުރަކާ ނުލައި 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓޭ ގޮތަށް ނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމަށްޓަކައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވި ބިލު، 241 ކޮމިޓީ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުން ފާސްކުރީ 51 މެމްބަރުންގެ ވޯޓުންނެވެ.

މި ބިލުގައިވާގޮތުން ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބެއެވެ. އަދި ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ އިރު، އެފާރާތެއް ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެމީހަކު ހައްޔަރު ކުރެވޭތާ ގިނަވެގެން 48 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭ ގޮތަށް ބޮލުގައި ހިމަނާފައިވެއެވެ.

ބިލުގައިވާގޮތުން ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ ޙާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި ބަންދުގައި ބެހެއްޓޭނީ 48 ގަޑިއިރު ވަންދެންނެވެ.

ތަހުގީގަށް އިތުރު ވަގުތު

މިއަދު ފާސްކުރި ބިލާއި އެކު ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގުކުރުމަށް ވެސް އިތުރު ވަގުތުލިބިގެންދާނެ މަގު ވަނީ ފަހިވެފައެވެ. ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތައް ތަހުގީގުކުރުމަށް މިހާރު އޮންނަނީ 30 ދުވަހުގެ މުއްދަތެކެވެ. އެހެންނަމަވެސް ރާވައިގެން ހިންގާ އެފަދަ ބޮޑެތި ކުށްތައ ްތަހުގީގުކުރަން އެއީ އެކަށީގެންވާ މުއްދަތެއް ނޫޏް ކަމަށް ކަނޑައަޅައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތަހުގީގު ފުރިހަމަ ކުރުމަށްދޭ މުއްދަތުވެސް ވަނީ އިތުރު ކޮށްފައެވެ.

މި މުއްދަތުގައި ވެސް އެ މައްސަލައިގެ ތަހުގީގު  ފުލުހުންގެ ބާރުނުފޯރުވޭ ކަމެއް މެދުވެރިވުމުގެ ސަބަބުން ފުރިހަމަ ނުވާނަމަ އިތުރު އެއް ފަހަރު އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ. އަދި އެފަދައިން އެ ސަބަބަށް ރިޢާޔަތްކޮށް، 15 ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލަށް އެ މުއްދަތު އިތުރުކޮށްދެވިދާނެ ކަމަށް ބަޔާންކޮށް ގާނޫނުގެ 28 ވަނަ މާއްދާގެ (ޅ)ގެ ފަހަތަށް ވަނީ އަކުރެއް އިތުރުކޮށްފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *