ޖަޒީރާ ގްރެފިކްސް: އިބްރާހީމް އިފާޒް

ދިވެއްސަކު ނިވާފަތްގަނޑަކަށްވެ ހުރެ، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ބިދޭސީ އަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް، ހިންގާ ވިޔަފާރިތައް ބާތިލުކުރުމުގެ ބާރު ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލިބިދޭ ގޮތަށް އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު އިސްލާހުކޮށްފިއެވެ.

މި ގާނޫނަށް އިސްލާހުގެނައުމުގެ ބިލް ދިރާސާކޮށް، މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ހުށަހެޅި އިސްލާހުތަކާއި އެކު ފާސްކުރަން 53 މެމްބަރުން ވޯޓު ދެއްވިއެވެ.

މި ބިލު ހުށަހެޅި މަގްސަދުތަކަށް ބަލާއިރު، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ
ފަރާތްތަކަށް މިހާރު ދިމާވާ ދަތިތަކަށް ހައްލު ހޯދުމާއި އެފަދަ ވިޔަފާރިތަކުގެ ޙާލަތު ދެނެގަތުމަށް ފަސޭހަވާނެ އިންތިޒާމެއް ހަމަޖެއްސުން ހިމެނެއެވެ.

އަމިއްލަ ފަރުދުންގެ ގާނޫނަށް ގެނެވުނު އިސްލާހުތައް

  • ރެޖިސްޓްރީ ބާތިލުކުރުމާއި ބެހޭ މާއްދާއަށް އިތުރުކުރަން ހުށަހަޅާފައިވާ ނަންބަރު

މި ބިލުގައި ސަރުކާރުން ހިމަނާފައިވާ އެންމެ މުހިއްމު އިސްލާހަކީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ބިދޭސީ ފަރާތަކަށް ވިޔަފާރީގެ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރި ބާތިލުކުރުމުގެ ބާރު ރެޖިސްޓްރާ އޮފް ކޮމްޕެނީޒް އަށް ދިނުމެވެ.

  • ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ބިދޭސީ ފަރާތަކަށް ވިޔަފާރީގެ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއް ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާރަށް ޤަބޫލުކުރެވުން؛
  • ޤާނޫނުގެ 1-26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މަޢުލޫމާތު ހުށަހެޅުމަށް ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 1 އަހަރުވެފައިވުން

މި ނަމްބަރު ގާނޫނަށް އިތުރުކޮށް އިސްލާހުކުރުމުގެ ބޭނުމަކީ ދިވެއްސަކު ނިވާފަތްގަނޑަކަށްވެހުރެ، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް، ހިންގާ ވިޔަފާރިތަކުގެ ސަބަބުން އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދިވެހި ރައްޔިތުންނަށް ލިބޭ އިޤްތިސާދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އެޅޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.

  • ރެޖިސްޓްރީ އައު ކުރުމާއި ބެހޭ މާއްދާ

މި ގާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްފައިވާ މުއްދަތު ހަމަވުމަށް ފަހުގައިވެސް އެ ވިޔަފާރި ކުރިއަށް ގެންދަން އެދޭ ފަރާތްތަކުން، އެ މުއްދަތު ހަމަވުމުގެ ކުރިން 1 އަހަރު ދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ވިޔަފާރީގެ ރަޖިސްޓަރީ އާކުރުމަށް ހުށަހަޅަން ޖެހޭ ގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ. އަދި ރެޖިސްޓްރީ އައު ކުރަން ހުށަހަޅައިފިނަމަ، އިތުރު 10 އަހަރުގެ މުއްދަތަށް އައު ކޮށްދެވިދާނެ ކަމަށް ވެސް އެ މާއްދާގެ ށ ގައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. އިންޕުލިމެންޓް ކުރެވެންޏާ ރަނގަޅު ބަދަލެއް އަންނާނެ. ދުބާއީ ގޮތައް ބޭފުމީހުން ގައުމު ފުރާލާ ވަރައް ބިމެއް ނެތް. ބޭރުމީހުން ވެސް ރެގިއުލޭޓް ކުރެވެން ވާނެ. ގައުމައް ގެއްލުންވާ ގޮތް ވެގެން ނުވާނެ.

ކޮމެންޓް

Your email address will not be published. Required fields are marked *