ރާއްޖޭގައި މިވަގުތު ބޭނުން ކުރަމުންދާ ފައިޒާ ވެކްސިންގެ އެކްސްޕަޔަރީ ޑޭޓް 9 މަހަށް އިތުރުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ބޭސްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް އިމުނައިޒޭޝަން ޕްރޮގްރާމުގެ ފަރާތުން ހައްވާ ގުރައިޝާ ވިދާޅުވީ ރާއްޖޭގައި ބޭނުންކުރަމުންދާ ފައިޒާ ވެކްސިންގެ އެކްސްޕަޔަރީ ޑޭޓް 9 މަހަށް އިތުރުކޮށްފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ރަސްމީކޮށް އަންގާފައިވާ ކަމަށެވެ.

ފައިޒާ ވެކްސިންގެ އެކްސްޕަޔަރީ ޑޭޓް ކުރިން ހުންނަނީ 6 މަސް ދުވަހަށެވެ. ނަމަވެސް ވެކްސިނަކީ މިހާރުވެސް ދިރާސާ ކުރަމުންދާ އެއްޗަކަށް ވާތީ، ދިރާސާ ކުރެވޭ ވަރަކުން އެއާ ބެހޭ އިތުރު މައުލޫމާތުތައް ދަތީ ހާމަވަމުންނެވެ.

ގުރައިޝާ ވިދާޅުވީ ފައިޒާ ވެކްސިންގެ އެކްސްޕަޔަރީ ޑޭޓް 9 މަހަށް އިތުރުކޮށްފައި މިވަނީ 9 މަސް ވަންދެން ދިރާސާ ކުރުމަށްފަހު ވެސް ވެކްސިނުން ރައްކާތެރިކަން ފޯރުކޮށްދޭކަން ހާމަވުމުން ކަމަށެވެ. މިއާއެކު މިހާރު ރާއްޖޭގައި ހުރި ފައިޒާ ވެކްސިން އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ގުރައިޝާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *