ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް ކޮވިޑް-19 އަށް 124 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައިވާ މައުލޫމަތުތަކުން ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އިން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގައި 4،242 ސާމްޕަލް ޓެސްޓުކޮށްފައި ވެއެވެ. އޭގެ ތެރެއިން 124 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ގިނައީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންނެވެ.
ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:
- ގްރޭޓާ މާލެ ސަރަހައްދުން - 25 ކޭސް
- އަތޮޅުތެރެއިން - 91 ކޭސް
- ރިސޯޓުތަކުން - 08 ކޭސް
ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 2،030 އަށް އަރާފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަނީ 12 މީހަކަށެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 90،725 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 88،434 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި 248 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.