ރިޕޯޓް

ސަރުކާރުގެ ތިން އަހަރުގައި ބޯހިޔާވެހިކަމުގެ ގިނަ މަޝްރޫއުތަކެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި އެންމެ މުހިންމު އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވި އެއް ވަައުދަކީ ބޯހިޔާވެހިކަމުގެ ވައުދު އެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ގިނަ އިޖުތިމާއީ މައްސަލަތަކެއްގެ ފެށުން ގުޅެނީ އެކަށީގެންވާ ބޯހިޔާވެހިކަމެއް ނެތުމުންނެވެ.

ސަރުކާރަށް ތިން އަހަރު ފުރޭއިރު، ކޮވިޑު އިޤްތިސާދި އުދަނގުލުގެ ތެރޭގައިވެސް ސަރުކާރުން ވަނީ ބޯހިޔާވެހިކަމުގެ ގިނަ މަސައްކަތްތަކެއް ފަށައިގަނެފަ އެވެ. އެގޮތުން ތިން އަހަރު ފުރުނުއިރު، ގްރޭޓަރ މާލެ ސަރަހައްދުގައި 7000 ހައުސިން ޔުނިޓެއްގެ މަސައްކަތް އަންނަނީ ކުރިއަށްގެންދަމުންނެވެ. އޭގެ އިތުރުން އަތޮޅުތެރޭގއި 400 ހައުސިން ޔުނިޓެއްގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަށްގެންދަމުންނެވެ.

އޭގެއިތުރަށް ރާއްޖޭގައި ގެދޮރު އިމާރަތްކުރުމަށް ދޫކުރަމުން އައި ލޯނުގެ އިންޓްރެސްޓް ރޭޓް ބޯޑުވުމަކީ، އަމިއްލަ ފަރާތްތަކަށް ރަނގަޅު ބޯހިޔާވެހިކަމެއް ހޯދުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަށް އޮތީ ވެފަ އެވެ. އެ ގޮންޖެހުމަށް ހައްލެއް ގެނައުމުގެ ގޮތުން، ސަރުކާރުން ވަނީ ބޯހިޔާަވެހިކަމަށް ދުކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްފަ އެވެ.

އަތޮޅުތެރެއަށް ހާއްސަކޮށް "ގެދޮރުވެރިޔާ ލޯނު ސްކީމް"ގެ އަލަށް ފަށާ ލޯނު ސްކީމްގެ ދަށުން 7 ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ނިންމައި، މި އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

ރާއްޖޭގެ ރަށްތަކުގައި ރަށްވެހިވެ، ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވާލި މި ލޯނު ސްކީމަކީ ދެމެހެއްޓެނިވި ބޯހިޔާވަހިކަން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަކަށް ކަށަވަރު ކޮށްދިނުމުގައި މަގްސަދުގައި ތައާރަފް ކުރި ލޯން ސްކީމެކެވެ. މި ސްކީމްގެ ދަށުން ލޯނު ދޫކުރަނީ އަމިއްލަ ގޯތީގައި ގެދޮރު އިމާރާތް ކުރުމަށާއި، މަރާމާތް ކުރުމުގެ އިތުރުން މިހާރު ހަދަން ފަށާފައި ވާ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށެވެ.

ލޯނުގެ ގޮތުގައި އެއް ފަރާތަކަށް އެންމެ ގިނައިން ދޫކުރާނީ 7 ލައްކަ ރުފިޔާއެވެ. 6 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި މި ލޯނު ދޫކުރާނީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގައި ދެއްކުމަށެވެ. މި ލޯނަށް ޑިޕޮސިޓް ދައްކަން ނުޖެހޭއިރު، ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާއި 15 މަހާއި ދެމެދުގެ މުއްދަތެއް ލިބޭއިރު އެ މުއްދަތުގައި އިންޓްރެސްޓް އަދި ޕްރޮސެސިން ފީއެއް ނުނަގާނެއެވެ.

ލޯނަށް އެދުމުގައި މަދުވެގެން 2 މީހަކު ބައިވެރިވާން ޖެހޭއިރު ލޯނަށް އެދެނީ މުޅިން އަލަށް އިމާރާތް ކުރަން ކަމަށް ވާނަމަ މުޅި ޕްރޮޖެކްޓްގެ 20 އިންސައްތަ ޕްރޮޖެކްޓަށް ލާން ޖެހެއެވެ. ނަމަވެސް މި ފައިސާ ނަގުތު ފައިސާގެ ގޮތުގައި ނުވަތަ ބޭންކް އެކައުންޓެއްގައި ހުރުން ލާޒިމެއް ނޫނެވެ. ޕްރޮޖެކްޓަށް ކުރި ހަރަދާއި ގަނެފައިވާ ތަކެތި އަދި ގޯތީގައި ބޭނުން ކުރާ އިމާރާތެއް ހުރި ނަމަ އެ އިމާރާތެއްގެ އިތުރުން ގޯތީގައި އިމާރާތެއް ނެތް ނަމަ އިމާރާތް ކުރުމަށް ގަސްތު ކުރާ ބިން މި 20 އިންސައްތައިގެ ތެރޭގައި އަގު ކުރެވިިދާނެއެވެ.

ލޯނުގެ މޯގޭޖްގެ ގޮތުގައި ނަގާނީ ހަމައެކަނި އިމާރާތް ކުރާ ތަނެވެ. މި ސްކީމުގެ ދަށުން ދޭ ލޯން ޕޭމަންޓްތައް ދޫކުރާނީ ހުށަހަޅާ ކޮންސްޓްރަކްޝަން ޕްލޭނާ އެއްގޮތަށް ބަހާލައިގެންނެވެ.

1
2
0
0
0

ކޮމެންޓް

Your email address will not be published.

0 %