ރާއްޖެއިން އިތުރު 159 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އިތުރު 243 މީހަކު ވެކްސިން ފުރިހަމަކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ނިމުނު 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއަށް ބަލިޖެހުނު 159 މީހުންގެ ތެރެއިން 124 މީހަކަށް ބަލިޖެހިފަައިވަނީ އަތޮޅުތެރެއިންނެވެ. އަދި މާލެއިން ބަލިޖެހުނުކަމަށް ދަައްކަނީ 19 މީހަކަށެވެ. ރިސޯޓުތަކުން 16 މީހަކަށް ނިމުނު 24 ގަޑިއިރުތެރޭގައި އަލަށް ކޮވިޑު ޖެހުނުކަމަށް އެޗްޕީއެގެ މައުލޫމާތުތަކުން ދައްކަ އެވެ.

ރާއްޖޭގެ ކޮވިޑުގެ އަދަދުތައް:

  • ބަލިޖެހުނު ޖުމްލަ އަދަދު: 89،999
  • ބަލިން ފަސޭހަވި ޖުމްލަ އަދަދު: 87،538
  • މިވަގުތު ބައްޔަށް ފަރުވާދޭ ޖުމްލަ އަދަދު: 2،201
  • މިވަގުތު ހޮސްޕިޓަލުގައި ފަރުވާދޭ ޖުމްލަ އަދަދު: 09
  • ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު: 247

އެޗްޕީއޭއިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހު 243 މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހ ވެކްސިން ފުރިހަމަކޮށްފަ އެވެ. އޭގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ފުރިހަމަކުރި 184 މީހުންނާއި، އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 59 މީހަކު ހިމެނެއެވެ.

އެއާއެކު ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 360،977 އަށް އަރާފައެވެ.

އެޗްޕީއޭގެ އެ މައުލޫމާތުތައް ދައްކާގޮތުން ނިމުނު 24 ގަޑިއިރު ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 46 މީހެކެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.