ޤައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ކޮޕީ މުހައްމަދު ރަޝީދު އަވާހަރަވެއްޖެ އެވެ.
ކޮޕީ މުހައްމަދު ރަޝީދުގެ ޤައުމީ ހިދުމަތް ފާހަގަކުރެވިގެންގޮސްފައިވަނީ ދިވެހި އަދަބިއްޔާތާއި، މުނިފޫހިފިލުވުމުގެ ދާއިރާއިންނެވެ. އޭނާ ޤައުމަށް ކޮށްދެއްވި ހިދުމަތް ފާހަގަކޮށް، އޭނާއަށް ވަނީ ތިން ފަހަރެއްގެ މަތިން ޤައުމީ ހިދުމަތުގެ އިނާމު ލިބިވަޑައިގެންފަ އެވެ.
ކޮޕީ މުހައްމަދު ރަޝީދު އަވަހާރަވީ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ކޮޕީ މުހައްމަދު ރަޝީދުގެ ޤައުމީ ހިދުމަތް
- ތަމްޘީލު ކުޅުމުގެ ރޮނގުން
މިހާރު މިއޮތް ފެންވަރަށް ރާއްޖޭގައި ތަމްޘީލު ޢާއްމުވެގެންދިޔަ އެއް ސަބަބެއްކަމުގައިވާނީ، މަޖީދިއްޔާގެ ގޯލްޑަން ޖުބިލީއާ ގުޅިގެން ބޭއްވުނު ތަމްޘީލު ޝޯކަމުގައެވެ. އެތަމްޘީލު ޝޯތަކަށްފަހު އޭގެތެރޭން ހޮވާލެވުނު މުމައްޘިލުންތަކެއް، އޭރުއޮތް މިޔުޒިކް ގުރޫޕުން ކަމުގައިވާ "އޮލިމްޕިއަންސް" ކިޔާ ގުރޫޕަކާއެކު ތަމްޘީލުކުޅެމުން ގެންދިޔައެވެ. އޭގެތެރޭގައި އިސްކަނޑު އަނބުރަން ހުންނެވީ، އަލްފާޟިލް ކޮޕީ މުޙައްމަދު ރަޝީދެވެ. ދެން ފެނިގެންދިޔައީ، ކޮޕީ ރަޝީދުގެ މަސްއޫލުވެރިކަމުގެ ދަށުގައި ތަމްޘީލުކުޅެން ޚާއްޞަ ސޮސައިޓީއެއް އުފެއްދެވިއެވެ. އެއީ ސީ.ޑީ.އެސް.ގެ ނަމުގައެވެ.
ކޮޕީ މުޙައްމަދު ރަޝީދު ކުޅުއްވާފައިވާ ތަމްޘީލުތަކަކީ، ވަރަށްވެސް ގިނަ ތަމްޘީލުތަކެކެވެ. އޭގެތެރޭގައި، ސްޓޭޖްމަތިން ކޮޕީ ފެނިގެންދިޔަ ފުރަތަމަ ތަމްޘީލުކަމަށްވާ "ތިން އުދަގޫ"، "ވަޒީފާ" ފަދަ ތަމްޘީލުތަކުން ފެށިގެން ޓީ.ވީ.ގެ ބައެއް ފިލްމުތައްވެސް ހިމެނެއެވެ. ކޮޕީ ރަޝީދުގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ކޮންމެ ޙަރަކާތެއް ތަމްޘީލެއްގައި ގެންނަންވިޔަސް ފަސޭހަކަމާއެކު އެކަމެއް ކޮށްލާކަމެވެ.
ކޮޕީ މުޙައްމަދު ރަޝީދަކީ، ތަމްޘީލުކުޅުމުގެ އިތުރުން ރީތިކޮށް ތާނަ ލިޔުއްވުމުގައި ޚާއްޞަކޮށް ބޮޑު އަކުރު ކުރެއްވުމުގައިވެސް ފާހަގަކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ.
- ތާނަ ޢަރަބި ލިޔުމުގެ ރޮނގުން

- ދިވެހި އަދަބިއްޔާތަށް ޚިދްމަތްކުރުމުގެ ދާއިރާއިން؛ ޅެންހެދުމުގެ ރޮނގުން
ކޮޕީ މުޙައްމަދު ރަޝީދަކީ، ރާއްޖޭގައި ކުރިން ނެރުނު ބައެއް ނޫސް މަޖައްލާތަކުގައި، ޅެން ޝާއިޢު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެތެރެއިން، ދުވަހު ނޫސް "މޫންލައިޓް" އާއި، "އެކުވެރިންގެ ރޫޙު" މަޖައްލާގައި ޝާއިޢު ކުރައްވާފައިވާ ޅެންތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. އަދި، ފަތްތޫރައިގައިވެސް، މުޙައްމަދު ރަޝީދުގެ ޅެންތައް ޝާއިޢު ކުރައްވާފައިވެއެވެ.
މުޙައްމަދު ރަޝީދަކީ، މަދަރުސާ ކުދިންގެ ލަވަމުބާރާތްތަކަށާއި، ލަވަ އަލްބަމްތަކަށާއި، ޤައުމީ މުނާސަބަތުތަކަށާއި، އެކިއެކި ޚާއްޞަ ޙަފްލާތަކަށް ގިނަ އަދަދަކަށް ލަވަވެސް ހައްދަވައިދެއްވާފައިވާ ބޭފުޅެކެވެ. މަދަރުސާ ކުދިންގެ ލަވަމުބާރާތްތަކަށް ހައްދަވައިދެއްވި ލަވަތަކަށް، އެމުބާރާތްތަކުން ޅެންވެރިކަމުގެގޮތުން މަތީ ވަނަތައް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.
ދީނީ ޅެންހެދުމުގެ މުބާރާތުގައިވެސް ބައިވެރިވެވަޑައިގެން، މަތީވަނަތައް ހޯއްދަވާފައިވާ ބޭފުޅެއްވެސްމެއެވެ. އަދި މުޙައްމަދު ރަޝީދުގެ އަމިއްލަ ލަވަ ހިމެނޭ 11 ލަވަ އަލްބަމް ނެރުއްވާފައިވެއެވެ. މީގެތެރޭގައި މަދަޙަ އަލްބަމެއްވެސް ހިމެނެއެވެ. މީގެ އިތުރުން، "ފާގަތި ޙަޔާތެއް ހޯދުން" މި ނަމުގަޔާއި، "5 ބަޠަލުން" މިނަމުގައި މުޙައްމަދު ރަޝީދު ލިޔުއްވާފައިވާ ދެ ޅެންފޮތްވެސް ޝާއިޢުކުރައްވާފައިވެއެވެ. މިހާރުވެސް ހަތަރު ޅެންފޮތެއް އެކުލަވައިލުމުގެ މަސައްކަތް މުޙައްމަދު ރަޝީދު ކުރައްވަމުން އެބަގެންދަވައެވެ.