ކޮވިޑަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މަގުމަތީގައި ހަރުކޮށްފައިވާ މައުލޫމާތު ބޯޑެއް ހުރަސްކޮށް މީހަކު ދަނީ -- ފޮޓޯ: ޔުނިސެފް

އިއްޔެ ރާއްޖެއިން އިތުރު 109 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (ޢެޗްޕީއޭ) އިން ބުނެފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައިވާ މައުލޫމަތުތަކުން ދައްކާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގައި 2907 ސާމްޕަލް ޓެސްޓުކޮށްފައި ވެއެވެ. އޭގެ ތެރެއިން 109 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ގިނައީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން އަތޮޅުތެރެއިން އެކަނި 79 ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައިވެއެވެ.

ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:

  • ގްރޭޓާ މާލެ ސަރަހައްދުން - 20 ކޭސް
  • އަތޮޅުތެރެއިން - 79 ކޭސް
  • ރިސޯޓުތަކުން - 10 ކޭސް

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 2091 އަށް އަރާފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަނީ 14 މީހަކަށެވެ.

ސަައުވީސް ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑްޖެހުނު މީހުންގެ އަދަދުތަކާއި، މިހާތަނަށް ރާއްޖޭން ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދުތައް ހިމެނޭގޮތަށް އެޗްޕީއޭއިން ކޮންމެ ދުވަހަކު އާންމުކުރާ ތަފާސް ހިސާބު

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 89364 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 87013 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިވަގުތު ހޮސްޕިޓަލުގައި ފަރުވަދެމުންދަނީ 14 މީހަކަށެވެ. އަދި ބަލީގައި މިހާތަނސޤ ރާއްޖެއިން 247 މީހަކު މަރުވެފައިވާކަމަށް އެޗްޕީއެގެ މައުލޫމަތުތައް ދައްކަ އެވެ.

ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭން ކޮވިޑްގެ ވެކްސިންޖެހި މީހުންގެ މައުލޫމާތުދައްކާގޮތުން، 423 މީހަކު ވަނީ ދެ ވަނަ ޑޯޒްޖަހައި، ވެކްސިން ފުރިހަމަކޮށްފަ އެވެ. އަދި އެ ސައުވީ ގަޑިއިރުގައި ވެކްސިންގެ ފުރަތަމަ ޑޯޒްޖަހައިފައިވަނީ 74 މީހަކު އެވެ.

ސައުވީސް ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑްގެ ވެކްސިން ޖެހި އަދަދުތައް ހިމެނޭގޮތަށް އެޗްޕީއޭއިން ކޮންމެ ދުވަހަކު އާންމުކުރާ ތަފާސް ހިސާބު

އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން މިހާތަނަށް ރާއްޖެއިން ވަނީ 360،584 މީހުން ކޮވިޑްގެ ވެކްސިން ފުރިހަމަކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.