ކުޑަކުދިންގެ ހިޔާގެ 12 އަހަރުން މަތީގެ ކުދިންތަކަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި، ރޭންކު ދަށް 13 ފުލުހަކަށް ދައުވާ އުފުލައިފިއެވެ.
ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ މި މައްސަލައަކީ 2017 ވަނަ އަހަރުގެ އޭޕްރީލް 20 އިން 22 އަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެގެން ކުޑަކުދިންގެ ހިޔާގެ 12 އަހަރުން މަތީގެ ކުދިންތަކަކަށް ކ. ތުލުސްދޫގައި ހިންގި ކޭމްޕެއްގައި ފުލުހުން ކުދިންތަކަކަށް އެކި ކަހަލަ އަނިޔާތައްކޮށް، ޓޯޗަރގެ ޢަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ.
މިމައްސަލައިގައި 13 ފުލުހެއްގެ މައްޗަށް އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން، ރަޙުމްކުޑަ ލާއިންސާނީ އިހާނެތި ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ޕީޖީން ވަނީ އުފުލާފައެވެ.
ޕީޖީން ބުނީ މި މައްސަލައިގައި ދަޢުވާކުރީ ކުށުގެ ޢަމަލު ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވިކަމުގެ ހެކި ޤަރީނާ ލިބުނު މީހުންގެ މައްޗަށް ކަމަށާ މި މައްސަލައިގައި ތުހުމަތުކުރެވުނު ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއާއި، އެފްސީޕީޑީގެ ވެރިޔާ މުޙައްމަދު ބަޝީރުގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވާތީ، އެ ދެ މީހުންގެ މައްޗަށް ދަޢުވާކޮށްފައި ނުވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު އަންނަ ހަފްތާގައި އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ޙިއްޞާކުރައްވާނެ ކަމަށް ވެސް ޕީޖީ އޮފީން ވަނީ ބުނެފައެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.