ގުރާގެ އެންމެ ރީތި އެއް ވައްތަރު ކަމަށްވާ "ގޯލްޑެން ބްލޫ މަކާއޯ" ނުވަތަ ބްލޫ އެންޑް ޔެލޯ މަކާއޯއެއް ރާއްޖޭގައި އަލަށް ވިހައިފިއެވެ.

މި މަކާއޯ ވިހާފައި ވަނީ ދަނގެތީގެ ގެސްޓް ހައުސެއް ކަމަށްވާ "ޕޭރްލާ ދަނގެތި"ގައެވެ. ޕޭރްލާ ދަނގެއްޗަކީ ބުޅަލާއި، ސާމަރާ ދޫނި އަދި ގުރާ ހިމެނޭހެން ގިނަ ދޫންޏާއި ޖަނަވާރު ގެންގުޅޭ ގެސްޓްހައުސްއެކެވެ. އެތަނަށް މި އެއްޗެހި ގެންނަނީ ގެސްޓުންނަށް ދައްކަން ކަމަށްވާއިރު، އެ ތަނުގައި ދެ މަކާއޯ ވެސް ގެންގުޅެނީ އެ ބޭނުމަށެވެ.

ޕޭރްލާ ދަނގެތި ގެސްޓްހައުސްއިން މައުލޫމާތު ދިން ގޮތުގައި، އެތަނުގައި އެއް މަކާއޯ ހުއްޓާ ދެވަނަ އެއްޗެއް ގެނައި ހިސާބުން "މޭޓް" ކުރަން ފެށި ކަމަށެވެ. އަދި ދެ ގުރާ މޭޓް ކުރަން ފެށީ އަމިއްލައަށް ކަމަށެވެ.

ފުރަތަމަ ބިސް އެޅީމަ ބައެއް މީހުން ބުނޭ ވެދާނެ ނޫންހޭ އަންހެން ދޭއްޗަށް ކަމަށް ވެސް. އެއީ ޕެރޮޓް ކަމެކޯ، ދެ އަންހެން އެތިވެސް ބިހެއް އަޅާފާނެޔޯ. މަކާއޯގަ ވާގޮތަކީ ބަލާލާފަ ޖެންޑާއެއް ނޭނގޭނެ، ޖެހޭނީ ޑީއެންއޭ ހަދަން"

ގެސްޓްހައުސްގައި ގެންގުޅޭ ދެ މަކާއޯ ބިސް އަޅާ، ވިހޭ ބޭބީ މަކާއޯއަށް ކާންދީ، ބަލަހައްޓަނީ ގެސްޓްހައުސް ހިންގާ މީހުންނެވެ. އެގޮތަށް ބޭބީ މަކާއޯ އަށް ސިރިންޖުން ކާންދެނީ މަކާއޯ ބޭބީ ފުޑް އެވެ. އަދި ޑިއުޓީ ބަހައިގެން ބެބީ މަކާއޯ ބަލަހައްޓާއިރު، އޭތި ލާފަ ހުންނަ ފޮށީގެ ފިނި ހޫނު މިން ހުންނަ ވަރުވެސް ބަލައެވެ.

ބޭބީ މަކާއޯއަށް ވަނީ "ޕާރލް"ގެ ނަމުން ނަން ދީފައެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ތަފާތު އެކި ވައްތަރުގެ އެގްޒޯޓިކް ދޫނި ގެންގުޅޭކަން ފާހަގަ ކޮށްލެވެއެވެ. އަދި ބައެއް ފަރާތްތަކުން މިފަދަ ދޫނި އާލާކުރަން މަސައްކަތް ކުރާއިރު، ރާއްޖޭގައި ގޯލްޑަން ބްލޫ މަކާއޯއެއް އުފަންވި މިއީ ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ.

5
7
5
28
8

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ތި ވާހަކަ ތިބުނީ ކީއްކުރަން ތިކަމާވެސް މީހުންލާނީ ހަސަދަ..

ކޮމެންޓް

Your email address will not be published. Required fields are marked *