މަސައްކަތްތެރިންގެ ކަންކަން ކަށަވަރުކޮށްދިނުމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަބަދުގެވެސް އަމާޒުކަމުގައި ވިދާޅުވެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ވަޒީފާއަދާކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ އެމްޑީޕީގެ އަބަދުގެވެސް އެއް ވައުދެވެ. އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވައުދުތަކުގެ ތެރޭގައިވެސް އެންމެ މުހިންމު އެއް ވައުދެއްގެ ގޮތުގައި އެ ޕާޓީންވި އެއް ވައުދަކީ އެއީ އެވެ.

އެމްޑީޕީގެ އެ ވައުދާއި އެއްގޮތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިއަދު ވަނީ ތާރީހީ ބޮޑު ނިންމުން ނިންމާފަ އެވެ. އެއީ ވަޒީފާއަދާކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅައި، އެކަން އިއުލާންކުރުމެވެ.

މިއީ އެންމެ ކުޑަ އުޖޫރައެއް ރާއްޖޭގައި ކަނޑައެޅުނު ފުރަތަމަ ފަހަރެވެ.

ސަރުކާރުން މިނިމަމް ވޭޖް ކަނޑައަޅާ އިއުލާންކޮށްފި

އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އަބަދުގެވެސް އަމާޒަކީ މަސައްކަތްތެރިންގެ ކަންކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ވައުދަކީ އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައިވެސް ހިމެނިފައިވާ ވައުދެއްކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެޖެންޑާ-19 ގެ ވައުދުތަކުގެ ތެރޭގައިވެސް ހިމެނުނު އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ވައުދާއި އެއްގޮތަށް ސިޔާސަތު އިއުލާންކުރުމުން ސަރުކާރަށް މަރުހަބާ ވިދާޅުވެފަ އެވެ.

އެމްޑީޕީންވެެސް ވަނީ ސަރުކާރުގެ ސިޔާސަތަށް މަރުހަބާ ކިޔައިފަ އެވެ. ސަރުކާރުގެ އެ ނިންމުމަށް މަރުހަބާ ކިޔައި، އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ވަޒީފާއަދާކުރާ ފަރާތްތަކަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ތަންފީޒުކުރަންފެށުމުގެ ސަބަބުން އަޚްލާޤީ، އިޖްތިމާޢީ އަދި އިޤުތިސޯދީ ގޮތުން ވަށާޖެހޭ އުސޫލަކުން ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި ވަޒީފާއަދާކުރާ ފަރާތްތަކަށާއި ވަޒީފާދޭ ފަރާތްތަކަށާއި އިޤުތިސޯދަށްވެސް އެކަމުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނޭކަމުގައި ދެކޭކަމަށް އެމްޑީޕީންް ބުންޏެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން ވަށާޖެހޭ ބަދަލުތައް އަންނާނެ: އެމްޑީޕީ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.