ވަޒީފާއަދާކުރާ ފަރާތްތަކަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ތަންފީޒުކުރަން ފެށުމުގެ ސަބަބުން ވަށާޖެހޭ ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

ވަޒީފާއަދާކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ އެމްޑީޕީގެ އަބަދުގެވެސް އެއް ވައުދެވެ. އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވައުދުތަކުގެ ތެރޭގައިވެސް އެންމެ މުހިންމު އެއް ވައުދެއްގެ ގޮތުގައި އެ ޕާޓީންވި އެއް ވައުދަކީ އެއީ އެވެ.

އެމްޑީޕީގެ އެ ވައުދާއި އެއްގޮތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިއަދު ވަނީ ތާރީހީ ބޮޑު ނިންމުން ނިންމާފަ އެވެ. އެއީ ވަޒީފާއަދާކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅައި، އެކަން އިއުލާންކުރުމެވެ.

މިއީ އެންމެ ކުޑަ އުޖޫރައެއް ރާއްޖޭގައި ކަނޑައެޅުނު ފުރަތަމަ ފަހަރެވެ.

ސަރުކާރުގެ އެ ނިންމުމަށް މަރުހަބާ ކިޔައި، އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ވަޒީފާއަދާކުރާ ފަރާތްތަކަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ތަންފީޒުކުރަންފެށުމުގެ ސަބަބުން އަޚްލާޤީ، އިޖްތިމާޢީ އަދި އިޤުތިސޯދީ ގޮތުން ވަށާޖެހޭ އުސޫލަކުން ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި ވަޒީފާއަދާކުރާ ފަރާތްތަކަށާއި ވަޒީފާދޭ ފަރާތްތަކަށާއި އިޤުތިސޯދަށްވެސް އެކަމުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނޭކަމުގައި ދެކޭކަމަށް އެމްޑީޕީންް ބުންޏެވެ.

އެމްޑީޕީން ވަނީ އެންމެގައި ފަރާތްތަކުން އިޚްލާޞްތެރިކަމާއެކު އެންމެ ކުޑަ އުޖޫރު ކަނޑައެޅުމުގެ ސިޔާސަތު ތަންފީޒުކުރަމުންގެންދިއުމަށް ގޮވާލައިފަ އެވެ.

މިނިމަމް ވޭޖް
  • ކުދި ވިޔަފާރިތަކަށް: ގަޑިއަކު 21.63ރ
  • މެދު ފަންތީގެ ވިޔަފާރިތަކަށް: ގަޑިއަކު 33.65ރ
  • ބޮޑު ވިޔަފާރިތަކަށް: 38.46ރ
  • ޕަބްލިކް ސެކްޓަރ: 33.65ރ

މިނިމަމް ވޭޖް ބޯޑުން ދިން ލަފައާ މި އަދަދުތަކާ އަޅާ ބަލާއިރު، ބޮޑު ވިޔަފާރިތަކާއި، ކުދި ވިޔަފާރިތަކުން އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދޭން ޖެހޭ އަދަދު ވަނީ ކުޑަކޮށްފައެވެ. އެގޮތުން ކުދި ވިޔަފާރިތަކުން ގަޑި އަކު 24ރ އަދި ބޮޑު ވިޔަފާރިތަކުން ގަޑިއަކަށް 42.79ރ ދިނުމަށް ބޯޑުން ލަފާ ދީފައިވެއެވެ.

ސަރުކާރުން މިނިމަމް ވޭޖް ކަނޑައަޅާ އިއުލާންކޮށްފި

މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިގޮތަށް ބަދަލުގެނަސްފައި ވަނީ ވިޔަފާރިތަކަށް ވެސް ކުރާނެ އަސަރާއި، އިގްތިސޯދު އޮތް ހާލަތަށް ބެލުމަށް ފަހު ކަމަށެވެ. އެހެންނަމަވެސް އަދަދުތަކަށް މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.