ބޯކޮށް ވާރޭވެހި އިންޑިއާގެ ޗެންނާއީގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން މީހުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އާދީއްތަ ދުވަހު އެލާޓް ނެރެފައެވެ.

މޫސުން ލަފާކުރާ އިދާރާތަކުން ބުނިގޮތުގައި މިއީ 2015 ވަނަ އަހަރުގެ ފަހުން ޗެންނާއީއަށް އެންމެ ބޯކޮށް ވާރޭވެހުނު ފަހަރެވެ. އެގޮތުން ރެއިން ފެށިގެން ހުއްޓުމެއް ނެތި ޗެންއާއީއާ، އެ ސިޓީގެ އަވަށްތަކަށް އަންނަނީ ވާރޭވަހެމުންނެވެ.

ހާއްސަކޮށް އުތުރާއި މެދުތެރޭ ޗެންނާއީއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ލިބުނު ގެއްލުންތައް ބޮޑުކަމަށް އެ ޤައުމުގެ އޮފިޝަލުން ބުނެ އެވެ. އަދި އެ ސަރަހައްދުގައި ފެންބޮޑުވެފައިވާ މިންވަރުވެސް، އެހެން ސަރަހައްދުތަކަށްވުރެ ބޮޑުކަމަށް އޮފިޝަލުން ބުންޏެވެ.

އޮފިޝަލުން އަންނަނީ ބިންތިރި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދުތަކަށް ގެންދިއުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި އިދާރާތަކުންވަނީ އެކަމަށް އާންމު ރައްޔިތުންނަށްވެސް އިލްތިމާސްކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.