ޗައިނާ އިން އެކްސްޕޯޓުކުރި އަދަދު ދަށްވެ، ޗައިނާގެ އިޤްތިސާދު ކުރިއެރި މިންވަރު މަޑުޖެހިލައިފި އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު މަހު އައުޓްބައުންޑް ޝިޕްމަންޓްތައް ހުރީ 27.1 އިންސައްތައިގަ އެވެ. އެއީ ސެޕްޓެމްބަރުގައި ހުރި އަދަދަށްވުރެ ދަށް އަދަދެކެވެ. ސެޕްޓެމްބަރުގައި އައުޓްބައުންޑް ޝިޕްމަންޓްތަކުގެ ނިސްބަތް ހުރީ 28.1 އިންސައްތައިގަ އެވެ. ރޮއިޓާސް އިން ލަފާކުރާ ގޮތުގައި ކުރިއެރުމުގެ ނިސްބަތް %24.5 އަށް އަރާނެއެވެ.

ޗައިނާ ސަރުކާރުން ބުނިގޮތުގައި އެކސްޕޯޓްކުރާ މިންވަރު މައްޗަށްދާ މި ދަނޑިވަޅުގައި އެތެރެގޭ އިޤްތިސާދުގައި ހުރި މައްސަލަތައް ދަނެގަތުމަށް ސަރުކާރަށް ފުރުސަތު ލިބިގެންދާނެ އެވެ. އަދި މި ދަނޑިވަޅުގައި، ހީނަރުވެފައިވާ އިގުތިސޯދު ކުޑަކުރުމަށް އެހީތެރިވެދީ، އިގުތިސޯދީ ސިޔާސަތު ރޭވުމަށް އިތުރު ޖާގަ ސަރުކާރަށް ލިބިގެންދާނެ ކަމަށް ޗައިނާއިން ބުންޏެވެ.

އޮކްޓޯބަރު މަހު ޗައިނާގެ އެކްސްޕޯޓް ކުރިއަރާ މިންވަރު މަޑުޖެހިފައިވީ ނަމަވެސް، ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އިޤްތިސާދުގެ ގޮތުގައި އޮތް ޕްރެޝަރު ވަނީ ކުޑަވެފަ އެވެ. އެއީ ދުނިޔޭގެ ބާޒާރުގައި ޗުއްޓީ ހޭދަކުރުމަށް އޮތް ޑިމާންޑް އިތުރުވެ، ކަރަންޓްގެ ދަތިކަން އިންތިހާއަށް އިތުރުވެ، ސަޕްލައި ޗެއިންހުއްޓުމަކަށް އައުމުގެ ސަބަބުންނެވެ.

އެނަލިސްޓުން ކުރިން ލަފާކޮށްފައިވާގޮތުގައި އިމްޕޯޓް ގެ ސަބަބުން، އެތެރޭގެ ޑިމާންޑް ދަށަށް ދާނެ އެވެ. ނަމަވެސް ލަފާކުރިން މިންވަރަށް އޮކްޓޯބަރު މަހުގައި ޗައިނާގެ އެތެރޭގެ ޑިމާންޑް ދަށަށް ގޮސްފައިނުވާކަމަށް އެ ޤައުމުން ބުންޏެވެ.

އޮކްޓޯބަރު މަހު އިމްޕޯޓްކުރި މުދަލުގެ މިންވަރު %20.6 މައްޗަށް ގޮސްފައިވާއިރު، ސެޕްޓެމްބަރު މަހު އިމްޕޯޓްކުރި މުދަލުގެ މިންވަރު %17.6 ގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޗައިނާގެ ސާފުނުކުރާ ތެލުގެ އިމްޕޯޓް ދަށަށް ގޮސްފައިވާއިރު، އެތެރޭގެ އުފެއްދުންތެރިކަން ކުރިއަރަމުން އަންނަ ވަރަކަށް ކޯލްއިމްޕޯޓް ވަނީ މަޑުޖެހިފަ އެވެ.

ތަފާސް ހިސާބުތައްދައްކާގޮތުން އިޤްތިސާދަށް މަޑުޖެހުމެއް އައިސްފައިވަނީ އެ ޤައުމުގައި އުފައްދާ މުދަލުގެ މިންވަރު ދަށަށް ދިއުމުންނެވެ. އެގޮތުން ފެކްޓްރީގެ ހަރަކާތްތައް ދެވަނަ މަހަކަށް ދަށަށް ގޮސްފައިވާ ކަމަށް ރަސްމީ ސާވޭއަކުން ދައްކައިފި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.