ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން، އަލަށް ހިދުމަތް ފެށި ރަށްރަށަށާއި، ހިދުމަތުގެ ފެންވަރު މަތިކޮށް، ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމަށް ފުލުހުންގެ ހިދުމަތް ބަދަލުކުރެވުނު ރަށްރަށަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި، ކޮޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަޑައިގެން ވަނީ އެ ހިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ އެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި، ކޮޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ހއ. އަތޮޅަށް ވަޑައިގެން ތުރާކުުނުގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން އެ ރަށުގެ ޕޮލިސް ޑެސްކު ހުޅުވައިދެއްވާފަ އެވެ. އޭގެއިތުރުން ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތްްވެސް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފަ އެވެ. އޭގެއިތުރުން ށ. ފޭދޫ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ދެއްވުމުގެ އިތުރުން ރ. ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ރަސްމީކޮށް ވަނީ ހުޅުއްވާވެސް ދެއްވާފަ އެވެ.