"ދަރަކަ"ގެ ޑައިރެކްޓަރ އަޒްހާން އިބްރާހިމް---

ރާއްޖޭގެ ފިލްމް އިންޑަސްޓްރީ އަށް ތަފާތު އުފެއްދުންތަކެއް ނެރެމުން އަންނަ ކަޒްމިކް އިންޓަނޭޝަނަލް އިން ވެބް ސީރީޒް ދަރަކަ ގެނެސްދޭން ތައްޔާރުވެއްޖެއެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ދެ ލަވަ ކަމަށްވާ "ހީލީމާ" އަދި "ބޭނުން" ގެ ޑައިރެކްޓަރ އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓްކޮށްފައިވާ "ދަރަކަ"އިގެ ޕްރޮޑިއުސަރުންނަކީ "ބަވަތި" ފިލްމުގެ ޕްރޮޑިއުސަރ އިލިޔާސް ވަހީދާއިި، އާސިމް އަލީއެވެ.

ކަޒްމިކް އިންޓަނޭޝަނަލްގެ ކުޑައިގެ ދަށުން ގެނެސްދޭ މި ވެބް ސީރީޒްގެ ޝޫޓިން މިދިޔަ ދެ މަސް ތެރޭގައި ނިންމާލާފައިވާއިރު، މިހާރު ވަނީ އޭގެ ޓީޒަރ ވެސް ބެލުންތެރިންނަށް ދައްކާލާފައެވެ. ބެލުންތެރިންގެ ޝައުގުވެރިކަން ދަމައިގެންފައިވާ މި ޓީޒަރ އަށް ވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

އަށް އެޕިސޯޑުގެ މި ސީރީޒްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، އަދި މީގެ އެކްޓަރުން ދައްކާލުން ކުރިއަށް އޮތީއެވެ. ކަޒްމިކް އިންޓަނޭޝަނަލް އައި އައި ފިލްމްސް އިން ވެސް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، މި ދާއިރާއަށް އައު މޫނުތަކެއް ނެރެ ފުރުސަތު ފަހިކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ކަޒްމިކް އިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، "މަޒުލޫމް" އާއި އޭނާގެ ދެވަނަ ޗެޕްޓަރު "ޒައްރޫކް" މިހާރު ބައިސްކޯފުން ބަލައިލެވޭނެއެވެ. އަދި އޭގެ ތިން ވަނަ ބައި "މިންޖު" ވެސް ސްޓްރީމްކުރަން ތައްޔާރުވެފައިވާއިރު، "ދަރަކަ" ސްޓްރީމްކުރާނެ ފަރާތެއް އަންނަނީ ހޯދަމުންނެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.