ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން --- ފޮޓޯ: އެމްޓީސީސީ

ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 53 އިންސައްތަ ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރިޔަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމުގެ މަސައްކަތް 30 އޮކްޓޫބަރ 2021 ވަނަ ދުވަހު ނިމިފައިވާ ކަމަށާއި، މަސައްކަތުގެ 53 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރިޔަށްދާއިރު، މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑު ހިލަ ބޭނުންކޮށްގެން 376 މީޓަރ ބޭރު ތޮށި ހެދުމާއި، 98 މީޓަރ އެއްގަމު ތޮށި ހެދުމާއި، 05 މޫރިން ބުލޮކް ލުމާއި، 11 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުމާއި، 1150 ސްކެއަރ މީޓަރ ޕޭވްމަންޓެއް ހެދުމާއި، 14325 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 9800 ކިއުބިކް މީޓަރ ނެރު ފުންކުރުމާރި، ރޭމްޕެއް ހެދުމާއި އަދި 22 މީޓަރުގެ ގުރޯއިން ޖެހުން ހިމެނެއެވެ.

ޖުމްލަ 37,358,709 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް  ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *