ވައްޓަފާޅި

މިއޮތީ ހަކުރު ބަލީގެ މީހުން، ހަކުރު ކޮންޓްރޯލްކުރުމަށް ކުރެވިދާނެ 7 ކަމެއް!

ހަކުރު ބަލީގެ ވައްތަރުތަކުގެ ތެރެއިން ޓައިޕް 2 ޑައިބެޓީސް (ހަކުރު ބަލި) އަކީ ލޭގައި ހަކުރު (ގްލޫކޯޒް) ގެ މިންވަރު ވަރަށް މައްޗަށް ދިއުމަށް މެދުވެރިކުރުވާ އާންމު ހާލަތެކެވެ. ޓައިޕް 2 ޑައިބެޓީސް ހުންނަ ފަރާތްތައް އަވަސް އަވަހަށް ފެންބޮވުމާއި، ގިނަގިނައިން ހީސްލެވުމަކީ އަލާމަތްތަކެވެ. އަދި ވަރުބަލިވުންފަދަ ކަންކަން އިހުސާސްކުރެވުމަކީވެސް މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިއީ އުމުރު ދުވަހަށް ދެމިގެންދާ ހާލަތެކެވެ. އޭގެ ސަބަބުން އާންމު ދިރިއުޅުމަށް އަސަރުކުރެއެވެ. އެގޮތުން މި ބަލީގެ ފަރާތްތައް ކެއުމުގެ ވައްޓަފާޅި ބަދަލުކޮށް، ބޭސް ނެގުމާއި ގަވާއިދުން ޗެކަޕް ހަދަން ޖެހިދާނެ އެވެ.

މި ލިޔުމުގައި މި ހިމަނާލަނީ ލޭގައި ހިމެނޭ ހަކުރުގެ މިންވަރު މަދުކުރުމަށް ނުވަތަ ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ. މި ލިޔުމުގައިވާ މައުލޫމާތަކީ "ވެބްއެމްޑީ" އިން ނަގާފައިވާ މައުލޫމާތުތަކެވެ.

- ހަކުރުގެ މިންވަރު ދެނެގަތުން

ހަށިގަނޑުގައި ހަކުރު ހުރި މިންވަރު ދަނެގަތުމަށް، ގުލްކޯޖް މީޓަރެއް ބޭނުންކުރަނީ -- ފޮޓޯ: ކެންވާ

މަދުވެގެން ދުވާލަކު އެއް ފަހަރު ލޭގައި ހަކުރު ހިމެނޭ މިންވަރު ލޭގެ ގުލްކޯޒް މީޓަރަކުން ޗެކްކޮށްކުރުމަކީ މުހިންމު ކަމެވެ. އަދި އެ މައުލޫމާތު ރެކޯޑް ބެހެއްޓިދާނެ އެވެ. އޭރުން ހަކުރު ދަށްވާ މިންވަރާއި، ހަކުރުގެ މިންވަރު މައްޗަށްދާގޮތް އަމިއްލައަށް ދަނެގަނެވޭނެ އެވެ. އޭގެއިތުރަށް އެއްކުރެވޭ އެ މައުލޫމާތު، ސިއްހީ ހިދުމަތްދޭ ފަރާތާއި ހިއްސާކުރުމުން، ބަލިން ފަސޭހަވުމަށްދޭނެ ފަރުވާގެ ކަންކަން ތަރުތީބުކުރުމަށްވެސް ބޮޑު އެހީީއަކަށްވެގެންދާނެ އެވެ.

|| ޕްރޮޓީންގެ މިންވަރަށް ސަމާލުކަން ދިނުން

ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން ލިއްބައިދޭ ކެއުމުގެ ބައެއް ބާވަތްތައް -- ފޮޓޯ: ކެންވާ

ސިއްހަތަށް ފައިދާހުރި ކާނާތަކުގެ އަދަދަކީ މަދު އަދަދެއް ނޫނެވެ. އެގޮތުން ހަށިގަނޑަށް ބޭނުންވާ އެކި ބާވަތްތައް ފޯރުވައިދޭ ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތައް ވަރަށްވެސް ގިނަ އެވެ.

ނަމަވެސް އޭގެތެރޭގައިވެސް ފާހަގަކޮށްލެވޭ ބައެއް ކާނާތަކުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ވަކިވަކި ބާވަތްތައް ފޯރުކޮށްދެ އެވެ. އެގޮތުން ސިއްހަތަށް ފައިދާހުރި ކެއުމަކަށް މޭވާ އާއި ތަރުކާރީއިން ދެބައިކުޅަ އެއްބައި، ކެެއުމަށް ބޭނުންކުރާ ތަށިން ހާއްސަކުރެވިދާނެ އެވެ. އަދި އަނެއް ބައި ލީން ޕްރޮޓީން ހިމެނޭ ކާނާގެ ބައިވަތްތަކަށް ހާއްސަކޮށް، ބައިކޮށްލެވިދާނެ އެވެ.

|| ފައިބަރ ލިއްބައިދޭ ތަކެތިން ފުރާލާ

ހަށިގަނޑަށް ބޭނުންވާ ފައިބަރ ލިއްބައިދޭ ކެއުމުގެ ބައެއް ބާވަތްތައް -- ފޮޓޯ: ކެންވާ

ފައިބަރ ހިމެނޭ ބާވަތްތައް ކެއުމުގައި ހިމަނަންޖެހޭ ސަބަބުތައް ގިނަ އެވެ. ނަމަވެސް ހަކުރު ކޮންޓްރޯލްކުރުމަށް ނުވަތަ ހަކަުރު ބަލީގެ ފަރާތްތަކަށް ފައިބަރ ހިމެނޭ ބާވަތްތައް ކެއުމުގައި ހިމަނަންޖެހޭ ސަބަބުތަކުގެ ތެރޭގައި އެއީ ކެއުމަށް ބޭނުންކުރާ ތަކެތި ހަށިގަނޑުގައި ބަލްކް ކުރުމަށް ރަނގަޅު ގޮތަކަށްވުން ހިމެނެ އެވެ. އޭގެއިތުރަށް ތިބާގެ ހަށިގަނޑުގައި ކާތަކެތި ހަޖަމް ނުވުމުން، ލޭގެ ހަކުރުގެ މައްސަލަ ބޮޑުވުމަށް މަގުފަހުކޮށްދެ އެވެ.

އެހެންކަމުން ދުވާލަކު މަދުވެގެން 25 ގްރާމްގެ ފައިބަރ ހަށިގަނޑަށް ލިއްބައިދެވޭނެގޮތަކަށް ކެއުމުގެ ވައްޓަފާޅި ބަދަލުކުރުމަށް އަޒުމްކަނޑައެޅިދާނެ އެވެ. ބޭރު ތޮށި ހިމެނޭ ތަރުކާރީ އާއި މޭވާ ހިމެނޭ ހޯލް ގްރެއިންސް އާއި، ލެގޫމްފަދަ މޭވާއާއި ތަރުކާރީއަކީ ހަށިގަނޑަށް ރަނގަޅު ވަސީލަތްތަކެކެވެ.

|| ކާބްސް ހިމެނުމުގައި ސްމާޓްވުން

ކާބްސް ނުވަތަ ކާބޯހައިޑްރޭޓްސް ހިމެނޭ ބާވަތްތައް -- ފޮޓޯ: ކެންވާ

ކާބްސް ނުވަތަ ކާބޯހައިޑްރޭޓްސް ހިމެނޭ ބާވަތްތައް ކެއުމުން އެ ތަކެތި ހަށިގަނޑުގެ ތެރޭގައި ސީދާ ގުލްކޯޒް އަށް ބަދަލުކޮށްލަ އެވެ. އެހެންކަމުން އެތަކެތި ހިމެނޭ ބާވަތްތައް ކެއުމުގައި ހިމެނުުމަކީ އިތުރު މުހިންމު ކަމެކެވެ.

ކާބްސް އިހްތިޔާރު ކުރާއިރު ހަށިގަނޑަށް ރަނގަޅު ތަކެތި އިހުތިޔާރުކުރުން މުހިންމެވެ. އެގޮތުން ކެއުމުގައި މޭވާ، ތަރުކާރީ، ހޯލް ގްރެއިންސް، އަދި ބީންސް ފަދަ ތަކެތި ކެއުމުގައި ހިމެނިދާނެ އެވެ. ބަދަލުގައި ވައިޓް ބްރެޑް އަދި ވައިޓް ރައިސް ފަދަ ސިއްހަތަށް ބޮޑު ފައިދޭއެއް ނުލިބޭ ކައުމުގެ ބާވަތްތައް މަދުކުރެވިދާނެ އެވެ.

|| ހަށިގަނޑު ފިނިކޮށް ބެހެއްޓުން

ހަށިގަނޑަށް ފިނިކުރުމަށް ފަންކާއެއް ނަގާ އަތަލައިގެން ވައްޖައްސާ މަންޒަރު -- ފޮޓޯ: ކެންވާ

ހަކުރުބަލި ޖެހުމުން އެހެން މީހުންނަށްވުރެ ހޫނުކަން އިހުސާސް ކުރެވެއެވެ. ހޫނު ހަށިގަނޑަކީ ލޭގައި ހަކުރުގެ މައްސަލަ ވެސް ހުންނަ އެއްޗެއް ނޫނެވެ. ލޫޅާފަތި، ފިނި ފޭރާން އަދި ހެޓް އަޅައިގެން ހުންނާށެވެ. މާބޮޑަށް ހޫނު އިހުސާސްކުރެވޭނަމަ، ފިނިވައި ލިބޭތަނަކަށް، ހާއްސަކޮށް އެއާކޮންޑިޝަން ހިމެނޭ ތަނެއްގައި މަޑުކޮށްލައި ހަށިގަނޑު ފިނިވެލުމަށް މަޑުކޮށްލާށެވެ.

|| ހަރަކާތެރިވެ އުޅޭ މިންވަރު އިތުރުކުރުން

ފިރިހެނެއް މަގުމަތީގައި ބައިސްކަލެއް ދުއްވާފައިދަނީ -- ފޮޓޯ: ކެންވާ

ގަވާއިދުން ކަސްރަތު ކުރުމުން ހަށިގަނޑުގައި އިންސިއުލިންގެ މަސައްކަތް ރަނގަޅު ވެގެން ދެއެވެ. ހަރަކާތްތެރިވުމަކީ ލޭގައި ހަކުރުގެ މިންވަރު ދަށްކުރުމަށް ވަރަށް މުހިއްމު ކަމެކެވެ.

އެހެންކަމުން ވޯކްއައުޓް ގްރޯވް ހޯދާށެވެ. ހިނގާބިނގާވެ އުޅުމާއި، ފެތުމާއި، ޔޯގާ ހެދުމާއި، ޑާންސް ކުރުން ފަދަ ކަންތައް ކުރާށެވެ. އަރާމު ކޮށްލަން އަދި މަޖާކޮށްލަން ބޭނުންވާ އެއްޗެއް ނުވަތަ ކަމެއްވެސް ދަނެގަންނާށެވެ. އަދި އެއީ ކޮންމެ ދުވަހެއްގެ ވެސް ބައެއް ކަމުގައި ހަދާށެވެ.

|| ބަރުދަނަށް އަންނަ ބަދަލު ދަނެގަތުން

ހަށިގަނޑުގެ ބަރުދަން ބެލުމަށް މީހަކު ކައްޓާއެއް މަތީގައި، އަދި ކުރިމަތީގައި އާފަލަކާއި، ކޮފީތައްޓެއް ބަހައްޓާފައި -- ފޮޓޯ: ކެންވާ

އިތުރު ބަރުވުމުގެ ސަބަބުން ހަށިގަނޑުގައި ސްޓްރެސްވެ، ލޭގައި ހަކުރުގެ މިންވަރު މަތިކޮށްދެ އެވެ. ކޮންމެ ދުވަހަކު ވެސް ކުދި ކުދި ޝިފްޓްތަކުން ދުޅަހެޔޮ ބަރުދަނާ ދިމާއަށް ތިބާ ގެންދެވޭނެ އެވެ.

ހަށިގަނޑު ރަނގަޅު ބައްޓަމެއްގައި، ފުރިހަމައަށް ބަހައްޓައިދޭނެ ކާތަކެތި އެއްޗެއްގައި ލިޔެލާފަ ބަހައްޓާށެވެ. ދުވާލަކު މަދުވެގެން 30 މިނިޓް ވަންދެން ހަށިގަނޑަށް ކަސްރަތު ލިބޭނެކަމެއް ކުރާށެވެ. ކިތަންމެ ކުޑައެއްކޮށްނަމަވެސް ބަރުދަނަށް ލިބޭ ލުޔަކީ ކުރިއެރުމެއްކަމަށް ދެކުމަކީ މިިިކަމުގައިި ވަރަށް މުހިންމުކަމެކެވެ.

1
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %