ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އަދި ބައެއް މަރާމާތުތްަކަށް މިދިޔަ އަހަރު ބަންދުކުރި ގައުމީ ދާރުލްއާސާރު އަދި ގައުމީ ކުތުބުހާނާ އާންމުންނަށް މާދަމާ ހުޅުވާލާ ގޮަތަށް ހަމަޖެހިއްޖެއެވެ.

ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ، ކޮވިޑާ ގުޅިގެން އަދި މަރާމާތުތަކެއް ކުރުމަށް މިދިޔަ އަހަރުގެ މާރޗު މަހުން ފެށިގެން ބަންދުކޮށްފައިވާ ގައުމީ ދާރުލްއާސާރު 2 ނޮވެމްބަރ 2021 ގައި ހުޅުވާ ގޮތަށް ހަމަަޖެހިފައިވާ ކަމަށެވެ.

ގައުމީ ދާރުލްއާސާރު ހުޅުވިފައި ހުންނާނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އަށް ކަމަށާއި، އަދި ޓިެކޓް ވިއްކާނީ ހެނދުނު 10:15 އިން މެންދުރުފަހު 15:30 ށް  ކަމަށް ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ސަރުކާރު ބަންދު ދުވަސްތަކުގައި ދާރުލްއާސާރުވެސް ބަންދުވާނެ ކަމަށް އެ  ބަޔާނުގައި ވަނީ ބުޔނެފައެވެ.

ގައުމީ ކުތުބުހާނާ އިން ނެރުނު ބަޔާނެއްގައި ބުނީ، އާންމު ހާލަތުގައި މާދާމާ އިން ފެށިގެން ގައުމީ ކުތުބުހާނާ އާންމުންނަށް ހުޅުވާގޮތަށް ވަނީ ހަމަުޖެހިފައިވާ ކަމާށާއި، މިގޮތުން ގައުމީ ކުތުބުހާނާ ހުޅުވިފައި ހުންނާނީ އާދީއްތަ ދުވަހު ހަމައަށް ހެނދުނު 10:00 އިން 16:00 އަށެވެ.

ގައުމީ ކުތުބުހާނާ އިން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކުންވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗެްޕީއޭ) އިން އާންމުކޮށްފައިވާ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާއި، އެއްގޮތަށް އަމަލު ކުރުމަށް ސަމާލުކަން ދިނުމަށްވެސް ގައުމީ ކުތުބުހާނާ އިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.