ކޮވިޑް-19 އާ ގުޅިގެން ދަތުރުކުރާ ފަރާތްތައް ކަރަންޓީނުވާންޖެހޭ ގޮތަށް ތައިލޭންޑުން ކަނޑައަޅާފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އެ ގައުމުން އެކުލަވާލާފައިވާ ސެންޓަރ އޮފް މެޝަރސްގެ ހެޑް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޕެންޑެމިކްގެ ހާލަތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަދަލުވަމުންދާ ގޮތަށް ބަލައި އެކަމުގައި އެކުލެވޭ ސިއްހީ އަދި އިޖްތިމާއީ އަދި އިގްތިޞާދީ ކަންކަމަށް ރިއާޔަތްކޮށް އެގައުމަށް ކަރަންޓީނާއި ނުލައި ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓަށް ބައެއް ގައުމުތައް އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ލިސްޓަށް ގައުމުތައް އިތުރުކޮށްފައިވަނީ މި ސެންޓަރުގެ އިސްވެރިޔާ އަދި އެގައުމުގެ ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމަށާއި އިތުރު 63 ގައުމެއް މި ލިސްޓުގައި ހިމަނާފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ. މި ލިސްޓުގައި ރާއްޖެ ހިމަނާފައިވުމާއެކު އެ ގައުމަށް ދަތުރުކުރާ ދިވެހިން މިހާރު ކަރަންޓީނުވާން ނުޖެހޭނެއެވެ.

މި ލިސްޓުގައި ރާއްޖޭގެ އަވަށްޓެރި ސްރީ ލަންކާ އަދި އިންޑިއާ ވެސް ހިމަނާފައިވެއެވެ. މީގެއިތުރުން ޔޫރަޕުގެ ބައެއް ގައުމުތައް ވެސް ހިމަނާފައިވެއެވެ.

ދިވެހިންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށާއި ވިޔަފާރި ދަތުރުތަކަށް ތައިލޭންޑްއަކީ މަޝްހޫރު ގައުމެކެވެ. ވަކިން ހާއްސަކޮށް އެގައުމުގެ ވެރިރަށް ބެންކޮކް އަދި ފަތުރުވެރިކަމުގެ މައި ހަބު ކަމަށްވާ ފުކެޓްއަކީ މަގްބޫލު މަންޒިލްތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *