ނިއުކާސަލް ޔުނައިޓެޑުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޓޯނީ ކްރޫޒްއަށް ބިޑުކުރަން ހުށަހަޅައިފިއެވެ.
ސްޕެއިންގެ ނޫހަކުން ބުނީ، ނިއުކާސަލް އިން ކްރޫޒްއަށް ފާރަލަމުން އަންނަ ކަމަށާއި، އެ ކްލަބުން ބޭނުންވަނީ ކުރިޔަށް އޮތް ސީޒަނަށް އޭނާގެ ސޮއި ހޯދަން ކަމަށެވެ.
އުމުރުން 31 އަހަރުގެ ޖަރުމަންގެ މިޑްފިލްޑަރ ހޯދަން 30 މިލިއަން ޔޫރޯ ނިއުކާސަލް އިންހުށަހަޅަން ނިންމާފައިވާ ކަމަށްވެސް އެ ކްލަބުން ވަނީ ބުނެފައެެވެ.
ނިއުކާސަލްގެ އިތުރުން އެހެން ކްލަބްތަކުންވެސް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކްރޫޒްއަށް މި ސީޒަނުގައި އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާއިރު، އޭނާ މި އަހަރު ޖަރުމަން ގައުމީ ޓީމަށްވެސް ކުޅެފައިވަނީ 5 މެޗެވެ.
ބަޔާން މިއުނިކްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކްރޫޒް ވަނީ 2014 ވަނަ އަހަރު ރެއާލްއަށް ބަދަލުވެ މިހާތަނަށް އެ ކްލަބާއެކުވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ރެއާލްއާއެކު 3 ޗެމްޕިއަންސް ލީގު އަދި 2 ލަލީގާ ތަށިވެސް ވަނީ ހޯދާފައެވެ.
މީގެއިތުރުން ކްރޫޒް ވަނީ ޖަރުމަން ގައުމީ ޓީމާއެކު 2014 ވަނަ އަހަރު ފީފާ ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.