ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު -- ޖަޒީރާ ފޮޓޯ: އަހުމަދު ޝުރާއު

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުގައި އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމި މައްސަލަ، ޕީޖީ އޮފީހުން އެންމެ ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ. ނަމަވެސް މަައްސަލަ އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ޕީޖީން އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.

ޕީޖީން މައްސަލަ ހުށަހެޅީ ކޯޓުގެ އިހްތިސޯސް ނުހިނގާ ތަނެއްގައި ޝަރީއަތް ހިނގާނަމަ ކޯޓުގެ ނިޒާމު ފަނޑިޔާރަށް ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ބުނެއެވެ. އެހެން އެކަން ކޮށްފިނަމަ ރޫލް އޮފް ލޯ ދެމެހެއްޓޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި މިއީ މި މައްސަލައިގައި އަދުލުވެރި ހުކުމަކަށް އައުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލަތަކުގައި ދައުވާކޮށްފައިވަނިކޮށް އޭނާ ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައި އެވެ. އަދި ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ކޯޓުން ދިން މުހްލަތު ހަމަވިއިރުވެސް އެނބުރި ރާއްޖެ ވަޑައިގެންފައިނުވާއިރު އޭނާ އެދިވަޑައިގެންނެވީ އެތާ ހުންނަވަނިކޮށް އޮންލައިންކޮށް ޝަރީއަތްކުރިއަށް ގެންދިއުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *