ފޭސް 2 ގައި ޤާއިމުކޮށްފައިވާ ސެލިއުލަރ ޓަވަރުތަކުގެ ބޭނުންކޮށްގެން ޙިދުމަތް ދިނުމަށް ދިރާގާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީން ބުނީ، މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ހާއްސަކޮށް ހިޔާ ފުލެޓް ސަރަޚައްދުގެ މުވާސަލާތީ ގުޅުމާއި ވަކިން ހާއްސަކޮށް މޮބައިލް ކޮވަރ ޖް ރަނގަޅުވެގެންދާނެ ކަމަށެވެ.

ފޭސް 2 ގެ ޕްލޭނާ އެއްގޮތަށް އިތުރު ޓަވަރުތައް ހަރުކުރެވިގެންދާއިރު، މި ޓަވަރުތައް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދިނުމަށް މިދާއިރާގައި ޚިދުމަތް ފޯރުކޮށްދެމުންދާ އެހެން ކުންފުނިތަކާއެވެސް މުސްތަޤުބަލުގައި އެއްބަސްވުންތައް އެކުލެވިގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުން އެޗްޑީސީން ބުނީ، މި ޓަވަރުތަކުގެ އެއްމެ ބޮޑު އެއް މަޤުޞަދަކީ ވަކި ވަކިން ގިނަ ޓަވަރުތަކެއް ކުންފުނިތަކުން ހަރުކުރުމުގެ ބަދަލުގައި ހުޅުމާލެ ފޭސް 2 ގެ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، އެކަށީގެންވާ ވަރަށް ޓަވަރު ހަރުކުރެވި ހުރިހާ ފަރާތްތަކުންވެސް ބައިވެރިވެގެން ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

"މިގޮތަށް ޓަވަރުތައް ބޭނުންކުރުމުން މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދެމުންދާ ކުންފުނިތަކުން ކުރަން ޖެހ އިންވެސްޓްމަންޓް ޚަރަދު ކު ޑަވެގެންދާނެ. އަދި އެކި ސަރަޚައްދުތަކުގައި ހަރުކުރެވިފައި ހުންނަ ޓަވަރުތަކުގެ އަދަދު މަދުވުމުން މި ސަރަޚައްދުތަކުގަ އި ދިރިއުޅ ފަރާތްތަކަށާއި މިކަމަށް ބނުން ކުރެވ ބިން ސަލާމަތްކުރެވިގެން ދާނެ. މީގެއިތުރުންވެސް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހ ދަވާ ވަގުތު ކުޑަވެ އާއްމުނަށް ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ މަގު ފަހި ވެގެންދާނެ" އެޗްޑީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވއެވެެ.

ހުޅުމާލޭގައި ފުރިހަމަ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ޤާއިމުކޮށް މުވާޞަލާތީ ޙިދުމަތްތަކުން ގުޅާލުމަށް ކުންފުނީގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި، އަދި ކުރިމަގުގައި ކަވަރޭޖް ރަނގަޅުކުރުމަށް ރޫފްޓޮޕް ޕޯލްސް އަދި ސްޓްރީޓް ޕޯލްސް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، މި ހުރިހާ ޓަވަރުތަކާއި ޕޯލްތަކަކީވެސް މުވާސަލާތީ ޙިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ބޭނުން ކުރެވޭނެ ގޮތަށް ހަރު ކުރެވިގެންދާނެ ވަޞީލަތްތަކެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.