މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގާ ގުޅިގެން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުކުގެ ކޮމިޓީގައި ހާމަކުރީ ހަމައެކަނި އޭސީސީން ދައުވާ އުފުލަން ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ އަދަދު ނޫން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީން ބުނީ އެމްއެމްޕީއާރްސީ މައްސަލާގައި ކުރިއަށް ގެންދަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއް ކަމަށެވެ. އެގޮތުން މި އިންވެސްޓިގޭޝަން އަކީ ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ކުރިއަށްގެންދާ އިންވެސްޓިގޭޝަނެއް ކަމަށް ބުންޏެވެ.
އޭސީސީން ބުނީ އެ މައްސަލަ އިންވެސްޓިގޭޓް ކުރުމަށް ފަހު މިހާތަނަށް ޕޮލިސް އަދި އޭސީސީ މެދުވެރިކޮށް ވެސް އެ މައްސަލާގައި ދައުވާ އުފުލަން ފޮނުވާފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.
އިއްޔެ ކޮމިޓީގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ތަހުގީގުގައި 338 ފަރާތެއްގެ މައްސަލަ ބަލަންޖެހޭ ކަމަށެެވެ. އޭގެ ތެރެއިން މިހާތަނަށް ނިމިފައި އޮތީ އެންމެ 38 މައްސަލަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.