ރަސްފަރީ ފަރަށް އެރި އާގުބޯޓު-- ފޮޓޯ: އެމްއެންޑީއެފް

ކ. ރަސްފަރީގެ ފަރަށް ބޭރުގެ އާގު ބޯޓެއް އެރުމުގެ ސަބަބުން ފަރަށް 893 މިލިއަން ރުފިޔާ ގެއްލުމެއް ލިބުނު ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ޕެނަމާގެ އާގުބޯޓެއް ކަމަށްވާ "އެމް.ވީ ނެވިއޯސް އެމެރައިލިސް" ބަލްކް ކެރިއާ ރަސްފަރީ ފަރަށް މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.

އީޕީއޭ އިން ބުނީ އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ އުޅަނދުގެ ވެރިފަރާތް އެއްސަތޭކަ މިލިއަން ދިވެހި ރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާ ކަމަށް ވެސް އެ އޭޖެންސީން ބުންޏެވެ.

އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް ހެދި ސަރވޭ އިން އެނގުނުގޮތުގައި އެ ފަރުގެ 8867 އަކަމީޓަރުގެ ސަރަޙައްދަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ 893,952,569.83 ރުފިޔާ ކަމަށް އެ އޭޖްނސީން ބުންޏެވެ.

އެހެންނަމަވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 މިލިއަން ރުފިޔާއެވެ. އެހެންވެ، އީޕީއޭ އިން އެންގީ 100 މިލިއަން ރުފިޔާ ޖޫރިމަނާ ގެ ގޮތުގައި ދައްކާ ޚަލާސްކުރުމަށެވެ.

އީޕީއޭ އިން ބުނީ ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ޝަރީޢަތް މެދުވެރިކޮށް އެޓަރނީ ޖެނެރަލްގެ އޮފީހާއި އެކުގައި ފަށާފައިވާ ކަމަށެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.