އައިޖީއެމްއެޗް -- ފޮޓޯ: ސަން

އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ފިލިޕިންސް ނަރުހަކު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލާގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ފުލުހުން ބުނީ މައްސަލަ ރިޕޯޓުކުރީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލާގައި މިހާރު 29 އަހަރުގެ ފިލިޕިންސް ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އެ އަންހެން މީހާގެ ޕޯސްޓް މޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވަން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އައިޖީއެމްއެޗް ވަނީ އެތަނުގައި މަސައްކަތްކުރާ ނަރުހަކު ނިޔާވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެ ނަރުސް މީހާ އަކީ އޭނާގެ ފިރިމީހާއާއި ފަސް އަހަރުގެ ދަރިފުޅާއި އެކު ރާއްޖޭގައި ދިރިއުޅެމުން އަންނަ މީހެކެވެ. އޭނާގެ ފިރިމީހާ އަކީ ވެސް ނަރުހެކެވެ.

މި މައްސަލައިގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި، އަންހެން މީހާ މަރުވީ އޭނަ ހޮސްޕިޓަލް ޑިއުޓީގައި ހުރެ ބްރޭކަށް ގެއަށް ދިޔަ ފަހުންނެވެ. އަދި އޭގެ ފަހުން އޭނާ ދަންޖެހި މަރުވެފައި ހުރި ކަމަށް ބުނެ އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާ ކަމަށް ވެސް ވެއެވެ.

ދަންޖެހިފައި ހުރި ކަމަށް ބުނި ނަމަވެސް، އެފަދަ އެއްވެސް ނިށާނެއް ހަށިގަނޑުން ފެންނަން ނެތް ކަމަށް ވެސް މައުލޫމާތު އެނގޭ މީހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.