އިޓަލީގެ ލެއިޝާ އެއާލައިން، ނިއޯސްއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

ނިއޮސް އެއަރއިން ރާއްޖެއަށް ދަތުރުތަށް ކުރުމަށް ހަމަޖެހިފައިވަނީ އިޓަލީގެ މިލާން އާއި ރޯމް އިން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ، ހޯމަ އަދި އަންގާރަދުވަހު ނިއޮސް އެއަރއިން ރާއްޖެއަށް ދަތުރުތަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ނިއޯސްގެ ދަތުރުތައް މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް ފެށުމުގެ މަސައްކަތްކުރި ނަމަވެސް އިޓަލީގައި ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ދަތުރުތައް އޮތީ ނުފެށިއެވެ.

ކުރިއަށް އޮތް ފިނިމޫސުމާ ދިމާކޮށް ނިއޯސްގެ ދަތުރުތައް އިއްޔެ ފަށާފައިވާއިރު މި ދަތުރުތަކުގައި ބޭނުން ކުރާނީ 350 ޖާގައިގެ މަތިންދާ ބޯޓުތަކެއް ކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެއެވެ.

ފަތުރުވެރިކަމުގައި އިޓަލީއަކީ ރާއްޖެއަށް މުހިންމު މާކެޓެކެވެ. މިދިޔަ އަހަރު ހަތަރު ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިޓަލީންނެވެ. މިދިޔަ އަހަރު އިޓަލީން 46،690 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އޭގެ ކުރީ އަހަރު 136،343 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.