މަޖިލީހުގެ ކޮމިޓީތަކުގައި މިހާރު ކުރަމުންދާ ބިލުތަކުގެ މަސައްކަތް އަވަށްކޮށްދިނުމަށް މެމްބަރުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މި ހިނގާ ދައުރަށް ސަރުކާރުގެ ފަރާތުން ޖުމްލަ 32 ބިލު ހުށަހަޅާނެ ކަމަށް ބުންޏެވެ. އެހެންނަމަވެސް، ސަރުކާރުން އެ ބިލުތައް މަޖިލީހަށް ފޮނުވާލެއް ލަސްވެގެން މަޖިލީހުގެ ރިޔާސަތުން ވެސް ވަނީ މީގެކުރިން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ދައުރުގައި އެންމެ 4 ބިލެއް، އިތުރު ބިލެއް ލިބޭނެކަމަކަށް ލަފައެއް ނުކުރެވޭ!

އެހެންވެ، މަޖިލީހުގެ ގާނޫނީ ޒިންމާ އަދާކުރުމުގައި ވެސް ހުރަސްތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.

ކުރީ ދައުރުގެ ބިލުތަކާއި އެކު ކޮމިޓީތަކުގައި 33 ބިލެއްގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހުށަހެޅި 26 ބިލަކާއި މެމްބަރުން އަމިއްލަފުޅަށް ހުށަހެޅުއްވި 7 ބިލެއް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.