މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ -- ފައިލް ފޮޓޯ

ކޮވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދު 4 ލައްކައާ ގާތްކޮށްފިއެވެ.

އޮކްޓޯބަރު 23 ވަނަ ދުވަހާ ހަމައަށް ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 394،049 މީހެކެވެ. އަދި ދެ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 354،364 މީހެކެވެ. މިއާއެކު ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު، ދެވަނަ ޑޯޒް ނުޖަހާ 39،685 މީހުން ތިބިކަން ހާމަވެއެވެ.

ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު 394،049 އަށް އަރާފައި މިވަނީ ހޮނިހިރު ދުވަހު ވެކްސިން 687 މީހުންނާއެކުއެވެ.  ހޮނިހިރު ދުވަހު ވެކްސިން ޖެހި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 28 މީހަކާއި، ދެވަނަ ޑޯޒް ޖެހި 67 މީހެކެވެ.

އަދި އަތޮޅުތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 155 މީހަކާއި ދެވަނަ ޑޯޒް ޖެހި 437 މީހަކުވެސް މީގެ ތެރޭގައި ހިމެނެއެވެ. ހޮނިހިރު ދުވަހު ވެކްސިން ފުރަތަމ ޑޯޒް ޖަހާފައި ވަނީ ޖުމްލަ 92 މީހެކެވެ. އަދި ދެވަނަ ޑޯޒް ޖަހާފައި ވަނީ ޖުމްލަ 592 މީހެކެވެ.

ރާއްޖޭގައި މިވަގުތު އާންމުކޮށް ހުޅުވާލައިގެން ޖަހަމުން ގެންދަނީ ދެ ވެކްސިނެކެވެ. އެއީ އިންޑިއާގެ އެސްޓްރާޒެނެކާ ވެކްސިނާއި ޗައިނާގެ ސިނޮފާމް ވެކްސިނެވެ. މީގެ އިތުރުން ވެސް، ބައެއް ފަރާތްތަކަށް ފައިޒާ ވެކްސިން ވެސް ޖަހަމުންދާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ވެސް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.