އާރުއާރުޓީ -- ފޮޓޯ: ކުޅުދުފުށީ. ކޮމް

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނ ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 92 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮޗި ކޮށްފައިވާ މައުލޫމަތުތަކުން ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އިން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގައި 3،710 ސާމްޕަލް ޓެސްޓުކޮށްފައި ވެއެވެ. އޭގެ ތެރެއިން 92 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ގިނައީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންނެވެ.

ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:

  • ގްރޭޓާ މާލެ ސަރަހައްދުން - 26 ކޭސް
  • އަތޮޅުތެރެއިން - 60 ކޭސް
  • ރިސޯޓުތަކުން - 6 ކޭސް

މިއަދު ކޮވިޑަށް ޓެސްޓު ކުރި 3,710 މީހުންގެ ތެރެއިން 1,291 މީހުންނަކީ މާލެ ސަރަހައްދުން ޓެސްޓު ކުރި މީހުންނެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި މިވަނީ ޓެސްޓު ކުރި މީހުން 2 ޕަސަންޓް މީހުންނެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 1,524 އަށް ދަށްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަނީ 18 މީހަކަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 86،922 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 85،145 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި 240 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.